ކުޅިވަރު

64 އަހަރަށް ފަހު ބެލަންޑޯ އެވޯޑް މިއަހަރު ނޯންނާނެ

ފުޓްބޯޅައިގައި ދޭ އެންމެ ޝަރަފުވެރި އިންޑަވިޖުއަލް އެވޯޑް "ބެލަންޑޯ" މިއަހަރު ނުދޭން ނިންމައިފި އެވެ.

ކޮންމެ އަހަރެއްގެވެސް ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ހޮވުމަށް ފަހު ދޭ އެވޯޑް މިއަހަރު ނުދޭން ފްރާންސް ފުޓްބޯލް މެގަޒިންގެ އެވޯޑް ކޮމިޓީން ނިންމީ، ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައިވެސް ފުޓްބޯޅަ މެދުކަނޑާލަން ޖެހުމުންނެވެ. ބައެއް ގައުމުތަކުގައި މާޗް މަހު ސީޒަން މެދުކަނޑަލަން ނިންމި ނިންމުން ފަހުން ބަދަލުވެގެން ދިޔައީ ސީޒަން އެކީ އެކައްޗަކަށް ނިންމާލުމަށެވެ.

ބައެއް ކުޅުންތެރިން ކޮވިޑް-19 އަށް ޕޮޒިޓިވްް ފުޓްބޯޅައިގެ ހަރަކާތްތަކާ ގިނަ ދުވަސްތަކަކަށް ދުރައް ދާން ޖެހުނެވެ. ބައެއް ޓީމުތައް ކަރަންޓީން ކުރަން ޖެހުނު އިރު ލޮކްޑައުންގެ ސަބަބުން ކުޅުންތެރިންނަށް ނަފުސާނީ އަދި ޖިސްމާނީ މައްސަލަތައް ކުރިމަތި ވިއެވެ.

މިއީ 1956 ވަނަ އަހަރު، މިއެވޯޑް ދޭން ދޭން ފެށި ފަހުން، އެވޯޑް މެދުކަނޑާލި ފުރަތަމަ ފަހަރެވެ. ބައިގަރުނަށްވުރެ ގިނަ ދުވަސްވީ މި އެވޯޑްގެ އެންމެ ކާމިޔާބު ކުޅުންތެރިޔަކީ އާޖެންޓީނާ އާއި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އެވެ. އޭނާ ވަނީ ހަ ފަހަރު މި އެވޯޑް ހޯދާފަ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރާ ހަމައަށް ބެލަންޑޯ އެވޯޑް ބެލިފައި ވަނީ ފުޓްބޯޅައިގެ ރަސްމީ އެވޯޑަށެވެ. އެއަހަރާ ހަމައަށް އެވޯޑް ދެނީ ފީފާފެ ބައިވެރި ވުމާއެކު "ފީފާ ބެލަންޑޯ އެވޯޑް" ގެ ނަމުގަ އެވެ. ފީފާފެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓިނޯ 2016 ވަނަ އަހަރު ފީފާގެ ރައީސް ކަމާ ހަވާލުވެ އޭނާ ނިންމީ ފީފާއިން ވަކި އެވޯޑެއް ދިނުމަށެވެ. އެގޮތުން "ފީފާ ދަ ބެސްޓް" އެވޯޑްގެ ނަމުގައި އެވޯޑެއް ތައާރަފް ކުރި އެވެ.