ޓްރާންސްފާ މާކެޓް

ޔުނައިޓެޑުން ބޭނުންވި ބެލިންގަމްވެސް ޑޯޓަމުންޑަށް

މެންޗެސްޓާ ޔުނައިޓެޑުން ބޭނުންވި ޖޫޑް ބެލިންގަމްގެ ސޮއި ވެސް ބުރޫޝިއާ ޑޯޓަމުންޑުން ހޯދައިފި އެވެ.

ބާމިންހަމް ސިޓީގެ މިޑްފީލްޑަރު ގެންދިއުމަށް ޔުނައިޓެޑުން މީގެ ކުރިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. މި އަހަރު ޔުނައިޓެޑުން ޓާގެޓް ކުރި ދެ ކުޅުންތެރިޔަކު ޑޯޓަމުންޑުން ވަނީ ސޮއި ކުރުވާފަ އެވެ. އެއީ ބެލިންގަމްގެ އިތުރުން ނޯވޭގެ ޒުވާން ފޯވާޑް އާލިންގް ހާލޭންޑެވެ.

އުމުރުން 17 އަހަރުގެ މިޑްފީލްޑަރު ގެންްދިއުމަށް މަސައްކަތް ކުރީ ޔުނައިޓެޑުން އެކަންޏެއް ނޫނެވެ. ޗެލްސީ އާއި ޑޯޓަމުންޑްގެ އެންމެ ބޮޑު ވާދަވެރިޔާ ބަޔާން މިޔުނިކުން ވެސް މަސައްކަތް ކުރި އެވެ. އިނގިރޭސި ފުޓްބޯޅައިގެ އުންމީދީ ތަރިއަކަށް ވާނެ ކަމަށް އިނގިރޭސި މީޑިއާއިން ސިފަ ކޮށްފައިިވާ ބެލިންގަމް ގެންދިއުމަށް ޑޯޓަމުންޑުން ވަނީ 20 މިލިއަން ޔޫރޯ ބާމިންހަމް ސިޓީއަށް ދީފަ އެވެ. ބެލިންގަމް ވެގެން ދާނީ ޑޯޓަމުންޑް ޓީމުގެ އިނގިރޭސި ދެ ވަނަ ކުޅުންތެރިޔާ އަށެވެ. އިނގިރޭސި ޒުވާން ފޯވަޑް ޖޯޑަން ސަންޗޯ ވެސް ކުޅެމުން ދަނީ ޑޯޓަމުންޑަށެވެ.

ޑޯޓަމުންޑްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އާންމު ކޮށްފައިވާ ވިޑީއޯ މެސެޖުގައި ބެލިންގަމް ބުނެފައި ބުނެފައި ވަނީ، ޑޯޓަމުންޑަށް ބަދަލުވާން ހިޔާރު ކުރީ އެ ކުލަބަކީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން އެ ކުޅުންތެރިން ޑިވެލޮޕް ކުރަން މަސައްކަތް ކުރާ ޓީމަކަށް ވުމުން ކަމަށެވެ.