ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް-19: ރާއްޖޭގެ އަދަދު 3،000 މައްޗަށް

ރާއްޖެއިން ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 3،000 މައްޗަށް އަރައިފި އެވެ.

ރާއްޖެއިން ކޮވިޑްގެ ބަލި މީހަކު ފެނުނުތާ މިއަދަށް 136 ދުވަސްވީއެވެ. މިފަހުން ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 45 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ 31 ދިވެހިންނާއި ބަންގްލަދޭޝްއަށް ނިސްބަތްވާ 12 މީހެއްގެ އިތުރުން އިންޑިއާ ދެ މީހެކެވެ.

މިއަދު ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 3,044 އަށް އަރާފައެވެ. އެމީހުންގެ ތެރެއިން 2،397 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 28 މީހުންނެވެ.

ކޮވިޑްގައި 15 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑަށް 68،696 ޓެސްޓް ވަނީ ހަދާފައެވެ.