ހަބަރު

އެއާޕޯޓުގެ ކައުންޓަރެއްގައި އަލިފާނުގެ ހާދިސާއެއް

Jul 22, 2020

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އެރައިވަލް ޓާމިނަލްގެ ކައުންޓަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

މިއަދު މެންދުރު އެރައިވަލް ޓާމިނަލް ކައިރީ ހުންނަ ރިސޯޓުތަކުގެ ކައުންޓަރުތަކުގެ ތެރެއިން ކައުންޓަރެއްގައި އަލިފާން ރޯވުމުން ބައެއް ސްޓާފުންނާއި އެތަނުގައި ހުރި ސިފައިންގެ މީހަކު އައިފާން ނިއްވާލަން މަސައްކަތް ކުރި އެވެ. އަދި އެ ސަރަހައްދުގައި ހުރި މީހަކު ނަގާފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ވަގުތު ކައުންޓަރުން ވަރަށް ބޮޑަށް ދުން އަރާއަލިފާނުގެ ހުޅުގަނޑު ކައުންޓަރުގެ ތެރެއިން އަރަމުން ދެއެވެ.

އެރައިވަލް ޓާމިނަލްގައި ރިސޯޓްތަކުގެ ކައުންޓަރުތައް ހުންނަނީ ބަރިއަކަށް ކައިރި ކައިރީ އަތުރައިފަ އެވެ. އަލިފާނުގެ އެ ހާދިސާ ހިނގުމާ ގުޅިގެން އަލިފާން ނިއްވާލުމަށްފަހު މިހާރު ވަނީ އެ ކައުންޓަރު ދުރަށް ޖައްސައިފަ އެވެ.

މިކަމާ ބެހޭ ގޮތުން އެމްއެންޑީއެފާއި ވީއައިއޭގެ ބަހެއް ވެސް ލިބޭ ގޮތެއް ނުވި އެވެ.