ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް-19: މިއަދު ޕޮޒިޓިވްވީ 59 މީހުން

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 59 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑަށް ޕޮޒިޓިވްވި 59 މީހުންގެ ތެރޭގައި ހިމެނެނީ 44 ދިވެހިންނާއި ބަންގްލަދޭޝްގެ 14 މީހަކާއި އިންޑިއާ މީހެކެވެ.

މި މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވީ އަދަދު ވަނީ 3,103 އަށް އަރާފަ އެވެ.

މިއަދު ބަލިން އެއްވެސް މީހެއް ރަނގަޅުވެފައެއް ނުވެއެވެ. މިވަގުތު ފަރުވާ ކުރަމުންދަނީ 676 މީހުންނެވެ. އައިސޮލޭޝަންގައި ތިބީ 478 މީހުންނެވެ. ކަރަންޓީންގައި މިވަގުތު އެއްވެސް މީހެއް ނެތެވެ.

ކޮވިޑްގައި ރާއްޖެއިން 15 މީހަކު ވަނީ މަރުވެފަ އެވެ.