ހަބަރު

ހުޅުމާލޭ ވަގުތީ މަސްމާރުކޭޓް ހިންގާނެ ބަޔަކު ހޯދަނީ

ހުޅުމާލޭ ފޭސް-1 ގައި ގާއިމް ކޮށްފައިވާ ވަގުތީ މަސްމާރުކޭޓް ހިންގާނެ ބަޔަކު ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާން ކޮށްފި އެވެ.

އެޗްޑީސީން ކުރި އިއުލާނުގައި ބުނެފައިވަނީ ހުޅުމާލޭ ފޭސް 1 ގައި ގާއިމް ކޮށްފައިވާ ވަގުތީ މަސްމާރުކޭޓް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އިއުލާނުގައި ބުނެފައިވަނީ ހުޅުމާލޭ ވަގުތީ މަސްމާރުކޭޓް ހިންގުމަށް އެދި ހުށަހަޅާ ފޯމާއި، މައުލޫމަތު ކަރުދާސް އަދި މާރުކޭޓޫ ހިންގުމާއި ބެހޭ އުސޫލާއި ގާވާއިދު އެ ކޯޕަރޭޝަނުގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ. ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޯގަސްޓްމަހުގެ 12 ވަނަ ދުވަހުގެ ކުރިން އެ ތަކެތި ހުށައެޅުމަށް އެދިފައިވެއެވެ. ފޯމް ބަލައިގަންނާނީ ހެނދުނު 9:30 އިން 11:00 އަށް އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރުންނެވެ.

އެޗްޑީސީން ބުނީ މި މާރުކޭޓް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހަށް ކަމަށެވެ.