ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މަނާގަޑީގައި ބޭރުގައި އުޅެގެން 40 މީހަކު ޖޫރިމަނާކޮށްފި

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މަގުމަތީގައި އުޅުން މަނާކޮށްފައިވާ ވަގުތުތަކުގައި ބޭރުގައި އުޅުމުގެ ސަބަބުން 40 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މާލެ ސިޓީ ލޮކްޑައުން ކުރިފަހުން މި ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. ނަމަވެސް ރޭގަނޑު 10:00 ފެށިގެން ފަތިހު 5:00 ގެ ނިޔަލަށް މަގުމަތީ އުޅުން ވަނީ މަނާކޮށްފައެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ޝަރީފް އެޗްޕީއޭގެ އެންގުމާއި ހިލާފަށް މަނާ ވަގުތު މަގުމަތީ އުޅޭ މީހުން ހުއްޓުވާ ނަސޭހަތް ދެމުންދާ ކަމަށެވެ. މިހާތަނަށް 2075 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޖުލައި މަހުގެ އެކަކުން ފެށިގެން މިއަދުގެ ނިޔަލަށް 40 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފަށް މަނާ ގަޑިތަކުގައި ގިނަ ބަޔަކު ބޭރުގައި އުޅެއެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމެއް ނެތި ގިނަ ބަޔަކު އެއްވެ އުޅެއެވެ.

ލޮކްޑައުންގެ ހާލަތަށް ލުއިދިން ފަހުން ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ.