ހަބަރު

ޔޫތު ސެންޓަރުގެ އައިސްބާތު ފެސިލިޓީ ނިންމައިފި

މާލޭގެ ސޯޝަލް ސެންޓަރުގައި ކުޅިވަރުތަކުގައި ރިކަވަރީއަށް ބޭނުން ކުރަން ގާއިމް ކުރި އައިސް ބާތު ފެސިލިޓީގެ މަސައްކަތް ނިންމާލައިފި އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ ސޯޝަލް ސެންޓަރުގައި އަސްބާތު ފެސިލިޓީގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށާއި މިއީ ވަރަށް ގިނަ އެތުލީޓުންގެ ދިގު އިންތިޒާރަކަށް ނިމުން އައުން ކަމަށެވެ. އެކަމާ ވަރަށް އުފާ ކުރައްވާ ކަމަށާއި އެތުލީޓުންގެ ރިކަވަރީއަށް އެޅުނު ވަރަށް ރަނގަޅު ފިޔަވަޅަކަށް އެކަން ވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެ ވާހަކަތައް ވިދާޅުވީ ޓްވީޓެއް ކުރައްވައިގެނެވެ.

އެ ހިދުމަތް ގާއިމް ކުރި ސޯޝަލް ސެންޓަރަކީ ތަފާތު އެކި ކުޅިވަރުތައް ހިންގަމުން އަންނަ ސެންޓަރެކެވެ.