މެންޗެސްޓާ ސިޓީ

ޓްރާންސްފާއަށް ބޮޑު ބަޖެޓެއް ސިޓީން ހަމަޖައްސައިފި

އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގްގައި ވާދަ ކުރެވޭނެ ކަމުގެ ޔަގީންކަން ލިބުމުން މެންޗެސްޓާ ސިޓީން ޓްރާންސްފާ އަށް ބޮޑު ބަޖެޓެއް ހަމަޖައްސައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކުރިއަށް އޮތް ޓްރާންސްފާ ޕީރިއަޑަށް ސިޓީން ވަނީ 300 މިލިއަން ޕައުންޑްގެ ބަޖެޓެއް ހަމަޖައްސާފަ އެވެ. ސިޓީގެ ޓާގެޓަކީ ޓީމުގެ ޑިފެންސް ވަރުގަދަ ކުރުމަށް ކުޅުންތެރިން ގެނައުމާއި، އަންނަ ސީޒަންގައި ބަޔާން މިޔުނިކަށް ބަދަލުވާ ލިރޮއީ ސަނޭގެ މަގާމަށް ކުޅުންތެރިޔަކު ހޯދުމުގެ އިތުރަށް އެޓޭކިން ޑިޕާޓެމެންޓަށް އިތުރު ކުޅުންތެރިއެއް ހޯދުމެވެ.

ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާއި ސްޕޯޓިން ޑައިރެކްޓާ ޓިކީ ބެގީރިސްޓައިން ވަނީ އެ ޓީމުން ވަރުގަދަ ކުރަން ބޭނުންވާ މަގާމުތަކަށް ގެންނާނެ ކުޅުންތެރިންގެ ލިސްޓެއް އެކުލަވާލަފަ އެވެ. ސިޓީގެ މިހާރުގެ ޑިފެންޑަރު ލަޕޯޓް އާއެކު ޑިފެންސް ހިއްސާ ކުރާނެ ކުރާނެ ކުޅުންތެރިޔަކު ގެނައުމަށް ޓާގެޓް ކޮށްފައި ވަނީ ކަނާތު ފައިން ކުޅޭ ސެންޓްރަލް ޑިފެންޑަރަކަށެވެ. އަދި ވާތު ފައިން ކުޅޭ އިތުރު ސެންޓަރަލް ޑިފެންޑަރެއް ގެނައުމަށްވެސް ސިޓީން ޓާގެޓް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ވާތުފައިން ކުޅޭ ސެންޓަރަލް ޑިފެންޑަރު ވާން ޖެހޭނީ ވާތު ބެކަށް ވެސް ކުޅެވޭނެ ކުޅުންތެރިޔަކަށެވެ.

ޑިފެންސް ވަރުގަދަ ކުރަން ސިޓީން ބޭނުންވާ ކުޅުންތެރިންނަކީ، ނަޕޯލީގެ ކަލީޑޯ ކްލިބެލީ އާއި ސެވިއްޔާގެ ޑިއޭގޯ ކާލޯސް އަދި އިންޓަ މިލާންގެ މިލާން ޝްކްރީނިއާ އެވެ. އެޓޭކް ވަރުގަދަ ކުރަން ސިޓީން ގެންނަން ބޭނުންވާ ކުޅުންތެރިޔަކީ ބަޔާން މިޔުނިކްގެ ޑެވިޑް އަލްބާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ލިރޮއީ ސެނޭގެ މަގާމަށް ގެންނަން ގާޑިއޯލާ ބޭނުންވާ ކުޅުންތެރިޔަކީ ސެވިއްޔާގެ ފެރާން ޓޯރޭޒް އެވެ.