ޔުވެންޓާސް

ޔުވެންޓަސްއަށް މިރޭ ލީގް ހޯދުމުގެ ފުރުސަތު

މިރޭ އުޑިނޭޒީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ޖެހިޖެހިގެން ނުވަ ވަނަ ފަހަރަށް އިޓާލިއަން ލީގްގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ޔުވެންޓަސް އަށް އެބައޮތެވެ.

ހަ ޕޮއިންޓްގެ ލީޑަކާ އެކު އެއް ވަނައިގައި އޮތް ޔުވެންޓަސްއަށް މިރޭ ލީގް ހޯދުމުގެ ފުރުސަތު ފަހިވެފައި ވަނީ، އިންޓަ މިލާން ފިއޮރެންޓީނާ އާ ދެކޮޅަށް ކުޅުނު މެޗުން މޮޅު ނުވެވުމުންނެވެ. ރޭ ކުޅުނު މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

މެޗުން މޮޅު ނުވެވުމުން އިންޓަ ވަނީ ތިން އަށް ވެއްޓިފަ އެވެ. މިހާރު ދެ ވަނައިގައި އޮތީ އިންޓައަށް ވުރެ އިތުރަށް އެއް ޕޮއިންޓް ހޯދައިގެން އެޓަލާންޓާ އެވެ. މިރޭ ގެ މެޗުން މޮޅުވެ ޔުވެންޓަސް އަށް ނުވަ ޕޮއިންޓަށް ލިޑް ފުޅާ ކުރެވޭނެ އެވެ. މިރޭގެ މެޗަށް ފަހު ލީގްގައި އެ ޓީމަށް ބާކީ އޮންނާނީ ދެ މެޗެވެ.

ޖެހިޖެހިގެން ލީގް ކާމިޔާބު ކުރުމުގެ ރޭހުގައި ނުވަ ވަނަ ތައްޓާ ދިމާލަށް ޔުވެންޓަސް ގެންގޮސްދިނުމުގެ ރޭހުގައި އެ ޓީމަށް ލީގް ޗެމްޕިއަންކަން ތިން ފަހަރަު ހޯދައިދިން، އިންޓަ މިލާންގެ މިހާރުގެ ކޯޗް އެންތޯނިއޯ ކޮންޓޭ ބުނީ، ދެ ވަނަ މާގަމު ހޯދުމަކީ އޭނާއަށް އެއްވެސް ކާމިޔާބެއް ނޫން ކަމަށެވެ.

"ދެ ވަނަ މަގާމަކީ އެއްވެސް މާނައެއް ހުރި ކަމެއް ނޫން،" ކޮންޓޭ ބުންޏެވެ. "އޭގެ މާނައަކީ ނާކާމިޔާބުވި ޓީމުތަކުގެ އެންމެ ކުރި ލިބުން."