އުޑިނޭޒީ އަތުން 2-1 ން ބަލިވެ އިޓާލިއަން ލީގްގެ ޗެމްޕިއަންކަން ހޯދުމަށް ޔުވެންޓަސްއަށް އިންތިޒާރުކުރަން ޖެހިއްޖެ އެވެ.
ރޭގެ މެޗުން މޮޅުވިނަމަ ޔުވެންޓަސް އަށް ލީގް ލިބިގެން ދާނެ އެވެ. ރެލިގޭޝަން ޒޯނަށް ނުވެޓި ސަލާމަތް ވުމަށް މަސައްކަތް ކުރާ އުޑިނޭޒީ މެޗު ކާމިޔާބު ކުރީ ޔުވެންޓަސްއިން ފުރަތަމަ ހާފަުގައި ލޑް ނަގާފައި ވަނިކޮށް ދެ ވަނަ ހާފުގައި ކާމިޔާބު ކުރި ދެ ލަނޑުންނެވެ. ޔުވެންޓަސް ގެ ލަނޑު މެޗުގެ 42 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ މަތައިޝް ޑިލިޓް އެވެ.
ދެ ވަނަ ހާފަށް ނުކުމެ ހަތް ވަނަ މިނެޓްގައި އުޑިނޭޒީން ނަތީޖާ ހަމަހަމަ ކުރީ އިލިއާ ނެސްޓޮރޮވިސްކީ އެވެ. އެ ޓީމު މެޗުން މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކުރީ ދެ ވަނަ ހާފުގެ އިތުރު ވަގުތުގެ ދެ ވަނަ މިނެޓްގައި ސެކޯ ފޮފަނާ އެވެ.
ޔުވެންޓަސްގެ ކޯޗް މައުރީޒިއޯ ސާރީ ބުނީ ޔުވެންޓަސްގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރުބަލިކަން ކަމަށާއި ޓީމެއްގެ ގޮތުގައި ފެންނަންޖެހޭ ޓީމު ވަންތަކަންވެސް ދެ ވަނަ ހާފުގައި ގެއްލިގެން ދިޔަ ކަމަށެވެ.
ޔުވެންޓަސް އަށް ކުރިއަށް އޮތީ އާދިއްތަ ދުވަހު ސަމްޕްޑޯރިއާ އާދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުގެ ކުރިންވެސް އެ ޓީމަށް ލީގް ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އެބައޮތެވެ. މިރޭ ދެ ވަނަ އިގައި އޮތް އެޓަލަންޓާ އާއި އޭސީ މިލާން ކުޅޭ މެޗުން އެޓަލާންޓާ ބަލިވެ މާދަމާ ރޭ އިންޓަމިލާން އާއި ލާޒިއޯ، ޖެރޯނާ އާ އަދި ވެރޯނާ އާ ދެކޮޅަށް ކުޅޭ މެޗުތަކުން ބަލިއްޖެނަމަ ޔުވެންޓަސްއަށް ލީގް ލިބޭނެ އެވެ.