ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ބަލިން ރަނގަޅުވި މީހަކު އަނެއްކާވެސް ޕޮޒިޓިވްވެއްޖެ

ކޮވިޑް-19 ޖެހި ރަނގަޅުވެފައިވާ ދިވެއްސަކަށް ދެވަނަ ފަހަރަށް އެ ބަލި ޖެހިއްޖެ އެވެ.

ދެވަނަ ފަހަރަށް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ބޭސްފަރުވާއަށް އިންޑިއާއަށްގޮސް ހުރި މީހެއްގެ އެހީތެރިއެކެވެ. އާސަންދަ ކުންފުނިން ވަނީ އެކަން ޔަގީން ކޮށްދީފައެވެ.

މިއީ އިންޑިއާއަށް ބޭހަށް ފޮނުވި ދިވެހިންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ ތިންވަނަ މީހާއެވެ.

ދެވަނަ ފަހަރަށް ކޮވިޑަށް ޕޮޒިޓިވްވި މީހާއަށް އެބަލި ޖެހިފައިވާކަން އެނގިފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އާސަންދަ އޮފީހުން ބުނީ އެމީހާއަށް ކުރިންވެސް ބަލި ޖެހިފައިވާ ކަމަށާ އޭނާ އިންޑިއާއަށް ފުރާފައިވަނީ ބަލިން ރަނގަޅުވެ ދެ ފަހަރު ހެދި ޓެސްޓްވެސް ނެގެޓިވް ވުމުންނެވެ.

ކޮވިޑް ޖެހުނު ތިން ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށް އާސަންދަ އޮފީހުން ބުންޏެވެ.