ށ. ދޮޅިޔަދޫ ކައިރިން ފިލާތަކެއް އޮޔާ ދާތީ ސަމާލުވާން އެދެފި އެވެ.
އެމްއެންޑީއެފް އިން ބުނީ ދޮޅިޔަދޫގެ ދެކުނުން 6.5 ނޯޓިކަލް މޭލު ބޭރުން ފިލާ ބަންޑައްޔެއް ކަނޑަށް ދޫވެ އޮޔާދާތީ އެ ސަރަހއްދުން ދަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުވާން އެދޭ ކަމަށެވެ.
މިއީ ރާއްޖޭއަށް މޫސުން ގޯސް ވެފައިވާ ދުވަސްވަރަކަށް ވުމާއެކު މުދާ އުފުލާ އުޅަނދުތަކުން ގެންދާ ބައެއް ތަކެތި މޫދަށް ދޫވުމަކީ އެކަށީގެންވާ ކަމަކަށްވާތީ މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އިލްތިމާސްކޮށްފައި ވެއެވެ.