ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް-19: އިތުރު 50 މީހަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 50 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ދެންމެ ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް 50 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ. 34 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގަލްދޭޝްގެ 14 މީހަކާއި އިންޑިއާ ދެ މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 3،302 އަށް އަރާފައެވެ.

ލޮކްޑައުންގެ ހާލަތަށް ލުއި ދިންފަހުން ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. އިއްޔެ އަކީ އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވީ ދުވަހެވެ. އިއްޔެ އެކަނިވެސް 77 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

މިއަދު ކޮވިޑް ބަލިން އެއްވެސް މީހަކު ރަނގަޅުވެފައެއް ނުވެއެވެ. ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2،534 އެވެ.

މިވަގުތު ފަރުވާގައި ތިބީ 738 މީހުންނެވެ. ކޮވިޑްގައި ރާއްޖެއިން 15 މީހަކު ވަނީ މަރުވެފައެވެ.