ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރެކޯޑް އަދަދެއް، 137 މީހަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް- 19 އަށް ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވެއްޖެ އެވެ.

އެޗްޕީއޭއިން ދެންމެ ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް 137 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ. 92 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގަލްދޭޝްގެ 31 މީހަކާއި އިންޑިއާ ނުވަ މީހެއްގެ އިތުރުން ސްރީލަންކާ ހަތަރު މީހުންނާއި ފިލިޕީސް މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 3,506 އަށް އަރާފައެވެ.

ލޮކްޑައުންގެ ހާލަތަށް ލުއި ދިންފަހުން ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. މިއީ އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވީ ދުވަހެވެ.

މިއަދު ކޮވިޑް ބަލިން އެއްވެސް މީހަކު ރަނގަޅުވެފައެއް ނުވެއެވެ. ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2،547 އެވެ.

މިވަގުތު ފަރުވާގައި ތިބީ 929 މީހުންނެވެ. ކޮވިޑްގައި ރާއްޖެއިން 15 މީހަކު ވަނީ މަރުވެފައެވެ.