ހަބަރު

ފޮއްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލައިފި

Jul 28, 2020
ނ. ފޮއްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވަނީ ނިންމާލާފައި -- ފޮޓޯ: އެމްޓީސީ
0%
0%
0%

ނ. ފޮއްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.

އެމްޓީސީސީން ބުނީ ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާ ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާ ސްޓްރަކްޗާ އާއި ހަވާލުކޮށްފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށެވެ.

މޫސުމީ އުދާގައި ފޮއްދޫ ގިރުމުގެ ސަބަބުން އެ ރަށުގެ ޖެޓީ ދަށުން ވެލިގަނޑު ދެމިގެނެ ރަށާ ވަކިވެފައި ވެއެވެ. އެހެންވެ އެ ރަށަށް އަރާ ފޭބުމުގައި ވަނީ ދަތިތަކަކާ ކުރިމަތިވެފަ އެވެ.

ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއާ ހަވާލު ކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީމަހު އެވެ. އީއައިއޭ އެޕްރޫވަލް ލިބިގެން މަސައްކަތް ފަށާފައި ވަނީ މާޗު މަހު އެވެ.

ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް 180 މީޓަރު ސަރަހައްދެއްގައި ވަނީ ވެލި ބަސްތާ ޖަހާފަ އެވެ. މިއީ 7.6 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ހިންގާފައިވާ ޕްރޮޖެކްޓެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910