ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އިންސްޕެކްޝަންގައި އުސޫލަށް ނުފެތޭނަމަ ވަގުތުން ބަންދުކުރާނެ

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މާދަމާ ކުރިއަށް ގެންދާ އިންސްޕެކްޝަންގައި ކޮވިޑް-19 އާއި ގުޅިގެން ހަދާފައިވާ އުސޫލުތަކާ ހިލާފަށް ހުންނަ ތަންތަން ވަގުތުން ބަންދު ކުރާނެ ކަމަށް އެ އެޖެންސީން ބުނެފި އެވެ.

އެޗްޕީއޭއިން މީގެ ކުރިން ވެސް ވަނީ ކޮވިޑް-19 އާއި ގުޅިގެން ހަދާފައިވާ އުސޫލުތަކާއި އެއްގޮތަށް ހިދުމަތްދޭ ތަންތަނުގައި ކަންކަން އިންތިޒާމް ކޮށްފައިވޭތޯ ޔަގީން ކުރަން ހާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. އެ އިންސްޕެކްޝަންގައި އުސޫލުތަކާއި އެއްގޮތަށް ހިދުމަތް ދެމުން ނުދާ ތަންތަނަށް ފިޔަވަޅު އަޅާފައެއް ނުވެއެވެ. ނަމަވެސް އެކަންކަން ރަނގަޅު ކުރަން އަންގާ ނަސޭހަތް ދިނެވެ.

އެޗްޕީއޭގެ އޮފިޝަލަކު މިރޭ ވިދާޅުވި ގޮތުގައި މާދަމާ ކުރިޔަށްގެން ދާ އިންސްޕެކްޝަން ގައި އުސޫލުތަކާ ހިލާފަށް ހުންނަ ތަންތަން ވަގުތުން ބަންދު ކުރާނެ އެވެ. އެ އިންޕެކްޝަންގައި ކެފޭ އާއި ރެސްޓޯރަންޓާއި ސައި ހޮޓާތަކާއި ސެލޫން އަދި ފިހާރަތައް ވެސް ބަލާނެ އެވެ. ހިދުމަތްދޭ އެހެން ބައެއް ތަންތަނަށްވެސް އެ ޓީމުތައް ވަންނާނެ އެވެ.

ކޮވިޑް-19 އިގެ ބަލިމަޑުކަމާއި ގުޅިގެން ކެފޭ، ރެސްޓޯރަންޓް އަދި ހޮޓާތަކާއި ސެލޫން އަދި ޖިމް ފަދަ ތަންތަން ހުޅުވަން ހުއްދަދީފައި ވަނީ މިމަހުގެ ފުރަތަމަ ދުވަހު އެވެ. އެތަންތަަން ހުޅުވުމުގެ ހުއްދަ ދީފައި ވަނީ ވަކި އުސޫލުތަކަކަށް އަމަލު ކުރަން ޝަރުތުު ކުރުމަށްފަހު އެވެ. ނަމަވެސް ބައެއް ތަންތަނުން އެ އުސޫލުތަކާއި ހިލާފަށް ދަނީ ހިދުމަތް ދެއެވެ.