ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފިނޭންސް މިނިސްޓްރީ

ފްރަންޓްލައިން އެލަވަންސަށް 2.9 މިލިއަން ދީފި

Jul 29, 2020

ކޮވިޑް-19 އާއިގުޅިގެން ދޭން ނިންމި ފްރަންޓްލައިން އެލަވަންސް 220 މީހަކަށް ދީފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ‏ކޮވިޑް-19 އާއިގުޅިގެން ދޭ ފްރަންޓްލައިން އެލަވަންސް މިއަދު ދޭން ފަށާފައިވާ ކަމަށާއި މިހާތަނަށް 220 މީހަކަށް 2.9 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. މިއީ ރާއްޖެއިން ފުރަތަމަ ކޮވިޑް ފެނުނު ދުވަސްކަމަށްވާ މާޗް 7، 2020 އިން ފެށިގެން ޖޫން މަހުގެ ނިޔަލަށް އެ މުވައްޒިފުންނަށް ލިބެންވާ ފައިސާ އެވެ.

‏އިތުރު ފަރާތްތަކަށް އެލަވަންސް ދިނުމުގެ މަސައްކަތް ވެސް ކުރާ ކަމަށް އެކަމަށް ޑޭޓާ ވެރިފިކޭޝަނާއި އެޕްރޫވަލްގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފިނޭންސުން ބުންޏެވެ.

ފްރަންޓްލައިން އެލަވަންސް ދޭން ފަށާފައި މިވަނީ އެ އެލަވަންސް ލަސްވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.