ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފިނޭންސް މިނިސްޓްރީ

ފްރަންޓްލައިން އެލަވަންސް: ފުލުހުންނާއި ސިފައިންނަށް 44 މިލިއަން

ކޮވިޑް-19 އާއިގުޅިގެން ދޭން ނިންމި ފްރަންޓްލައިން އެލަވަންސް ސިފައިންނާއި ފުލުހުންނަށްވެސް ޖަމާކޮށްދީފި އެވެ.

ފްރަންޓްލައިން އެލަވަންސް ދޭން ފަށާފައިވަނީ ޖުލައި މަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ. އެކި އިދާރާތަކުގައި ފްރަންޓްލައިންގައި މަސައްކަތް ކުރި މުވައްޒިފުންނަށް މިދިޔަ މުއްދަތުގައި ވަނީ އެ އެލަވަންސް ޖަމާކޮށްދީފައެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ ސިފައިންނާއި ފުލުހުންނަށްވެސް އެލަވަންސް ޖަމާކޮށްދީފައިވާ ކަމަށެވެ. އެގޮތުން 3،148 ފުލުހަކަށާއި 3،334 ސިފައިންނަށް ވަނީ އެލަވަންސް ދީފައެވެ. އެ ދެ މުއައްސަސާގެ 6,518 މުވައްޒިފުންނަށް 44.5 މިލިއަން ރުފިޔާ ޖަމާކޮށްދީފަައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އެ ގޮތުން ފުލުހުންނަށް 20.5 މިލިއަން އަދި ސިފައިންނަށް 24 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވެއެވެ.

ފިނޭންސްއިން އާންމުކުރި އުސޫލު ބުނާ ގޮތުން ހައި ރިސްކު ކެޓަގަރީގައި ހިމެނޭ މީހުންނަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސެއް ދޭނެއެވެ. ދެވަނަ ގިންތިކަމަށްވާ މީޑިއަމް ރިސްކު ކެޓަގަރީގައި ހިމެނޭނީ، ބައްޔަށް ޕޮޒިޓިވްވާ މީހުނާ ސީދާ ގޮތުން ބައްދަލުނުވި ނަމަވެސް، ޕޮޒިޓިވްވާ މީހުނާ ސީދާ ގޮތުން ބައްދަލުވާ އޮފިޝަލުންނާ އެކުގައި މަސައްކަތް ކުރާ ފަރާތްތަކެވެ. މީޑިއަމް ރިސްކު ކެޓެގަރީގައި ހިމެނޭ މުވައްޒަފުންނަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 250 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށސެވެ. އަދި މި ދެ ކެޓަގަރީގައި ނުހިމެނޭ، ނަމަވެސް، ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި މަދުވެގެން ހަ ގަޑިއިރު މަސައްކަތްކުރާ މީހުންނަށް 200 ރުފިޔާގެ އެލަވަންސެއް ދޭނެ ކަމަށް އުސޫލުގައިވެއެވެ.