ވިޔަފާރި

އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާ މިމަހުގެ 24 ގައި

Oct 6, 2015

މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ އަހަރީ އާއްމު ޖަލްސާ މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ 21:00 ގައި ބާއްވާ އަހަރީ އާއްމު ޖަލްސާ އޮންނާނީ އިސްލާމީ މަރުކަޒުގެ ހޯލްގައި ކަމަށެވެ.

އެމްޓީޑީސީން ބުނީ އަހަރީ އާއްމު ޖަލްސާގައި 2013 ވަނަ އަހަރުގެ އާއްމު ޖަލްސާގައި ޔައުމިއްޔާ ފާސްކުރުމާއި، މިދިޔަ އަހަރު ބޭއްވި އަހަރީ އާއްމު ޖައްސާގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓް ކުރެވިފައިވާ މާލީ ހިސާބުތަކުގެ ރިޕޯޓް ފާސްކުރުން އޮންނާނެ ކަމަށެވެ.

އަދި އަހަރަށް އެ ކުންފުނީގެ އޮޑިޓަރުން އައްޔަން ކުރުމާއި އުޖޫރަ ކަނޑައެޅުން ވެސް އޮންނާނެ ކަމަށެވެ. އަދި ހިއްސާދާރުންނަށް ބަހާނެ ފައިދާއާއި ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅުއްވާފައިވާ ހުށަހެޅުމާމެދު ގޮތެއް ނިންމުން ވެސް އޮންނާނެ ކަމަށެވެ. މީގެއިތުރުން ކުރިއަށްއޮތް އަހަރަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރުން އައްޔަން ކުރުން ވެސް އޮންނާނެ ކަމަށެވެ.

އެމްޓީޑީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓާ (ފުރަތަމަ ތިން މަސް ދުވަހު) ގެ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓާގައި ފައިދާގެ ގޮތުގައި ލިބިފައިވަނީ 974،168 ޑޮލަރެވެ. ނަމަވެސް މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ލިބިފައި ވަނީ 438،522 ޑޮލަރެވެ. މިއީ ގާތްގަނޑަކަށް 45 ޕަސެންޓުގެ އިތުރު ވުމެކެވެ.