ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރެކޯޑް އަދަދެއް، 152 މީހުން ޕޮޒިޓިވްވެއްޖެ

ކޮވިޑް- 19 އަށް ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވެއްޖެ އެވެ.

އެޗްޕީއޭއިން ދެންމެ ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް 1490 މީހެއްގެ ސާމްޕަލް ޓެސްޓްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 152 ސާމްޕަލްއެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 89 ދިވެހިންނާއި ބަންގްލަދޭޝްގެ 54 މީހަކާއި އިންޑިއާގެ ފަސް މީހެއްގެ އިތުރުން ސްރީލަންކާގެ ހަަތަރު މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 3,719 އަށް އަރާފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަތޮޅުތެރެއިން 10 މީހަކުވެސް ހިމެނެއެވެ. އޭގެ ތެރޭގައި ހއ ކެލާއިން ޕޮޒިޓިވްވީ ނުވަ މީހަކު ހިމެނެއެވެ.

ލޮކްޑައުންގެ ހާލަތަށް ލުއި ދިންފަހުން ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. މިއީ އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވީ ދުވަހެވެ.

މިއަދު ކޮވިޑް ބަލިން ރަނގަޅުވީ 14 މީހުންނެވެ. ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2،568 އެވެ.

މިވަގުތު ފަރުވާގައި ތިބީ 1120 މީހުންނެވެ. ކޮވިޑްގައި ރާއްޖެއިން 16 މީހަކު ވަނީ މަރުވެފައެވެ. އެންމެ ފަހުން މީހަކު މަރުވީ މިއަދުއެވެ. މިއަދު މަރުވެފައި ވަނީ އުމުރުން 71 އަހަރުގެ ދިވެހި އަންހެނެކެވެ.