ލައިފްސްޓައިލް

ހީކުރީ ރިއްސީ ދަތެއްގައި ކަމަށް، ޖެހުނީ ސިކުނޑީގެ އިންފެކްޝަނެއް

އިނގިރޭސި ވިލާތުގައި ދިރިއުޅޭ އަންހެނަކަށް ދަތެއްގައި ރިއްސާތީ ޑޮކްޓަރަކަށް ދައްކައި ޖެހިގެން އުޅޭ ބައްޔެއް ނޭނގުމުން ސަބަބުން ފުރާނައަށް ނުރައްކާވާ ހިސާބަށް ހިނގައްޖެ އެވެ. ހަގީގަތުގައި މި މީހާއަށް ދަތެއްގައި ރިއްސާހެން ހީވިޔަސް އޭނާއަށް ދިމާވި އަސްލު މައްސަލައަކީ ސިކުނޑީގައި އިންފެކްޝަނެއް ހުރުމެވެ.

ހަތަރު ކުދިންގެ މަންމަ ރެބެކާ ޑެލްޓަން އެންމެ ފަހުން ހޮސްޕިޓަލުގައި ފަސް މަސް ދުވަހު މަރާ ހަނގުރާމަ ކުރަން ޖެހުނީ ސިކުނޑީގައި ހުރި އިންފެކްޝަނުން ހިތާއި ލިވާ އަށް އަސަރު ކޮށްގެންނެވެ.

ރެބެކާއަށް ފަރުވާ ކުރި ޑޮކްޓަރުން ބުނި ގޮތުގައި ބެކްޓީރިއާ އެއްގެ ސަބަބުން ރެބެކާގެ ސިކުނޑީގައި އުފެދުނު އިންފެކްޝަނެއް ހަށީގަނޑަށް ފެތުރުނީ އެވެ.

ރެބެކާގެ ދަތެއްގެ ބުޑު އިންފެކްޓްވެގެން ރިއްސަނީކަމަށް ހިތާ އޭނާ ޑޮކްޓަރަށް ދެއްކީ މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގަ އެވެ. ޑޮކްޓަރުގެ އެދުމުގެ މަތިން ކުރި ޓެސްޓްތަކުން ރެބެކާގެ ސިކުނޑި އާއި ހިތާއި ލިވާ ގައިވެސް އިންފެކްޝަން ހުރިކަން ޔަގީން ކުރެވުނެވެ.
ދެން ކުއްލިއަކަށް ހިނގާބިނގާވެ އުޅެން ވެސް ރެބެކާ އަށް ދަތިވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ އެވެ. ހޮސްޕިޓަލުގައި އަދި ދިމާވީ މާ ބިރުވެރި ކަމަކާ އެވެ. ކޮވިޑް-19 އަށް ފަރުވާ ދޭ ބަލި މީހުންތަކެއް ކައިރީގައި އޭނާ ބާއްވައި އޮތުމުގެ ސަބަބުން އެ ބަލި ޖެހިގެން މަރުވުމުގެ ނުރައްކާ އިތުރުވީ އެވެ.

ނަމަވެސް ރެބެކާގެ ކޮވިޑް-19 ޓެސްޓް ނެގެޓިވް އެވެ. އެހާ ހާލުގައި އުޅެފައި ވެސް ރަނގަޅުވާގޮތް ވީ އިތުރު ބައްޔެއް ނޭރުމުން ކަމަށް ޑޮކްޓަރުން ލަފާ ކުރެ އެވެ.