ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އުސޫލަށް ނުފެތޭތީ އިތުރު ތިން ތަނެއް ބަންދުކޮށްފި

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރިއަށް ގެންދިޔަ އިންސްޕެކްޝަންގައި ކޮވިޑް-19 އާއި ގުޅިގެން ހަދާފައިވާ އުސޫލުތަކަށް ނުފެތޭ ތިން ތަނެއް ބަންދުކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ މިއަދުގެ އިންސްޕެކްޝަންގައި 35 ތަނެެއް އިންސްޕެކްޓްކޮށްފައިވާ ކަމަށެވެ. މިއަދު ބަންދުކޮށްފައިވަނީ ސެެލޫންއަކާއި ދެ ފިހާރައެވެ.

އިއްޔެވެސް 50 ތަނެއް ވަނީ ބަންދުކޮށްފައެވެ. އޭގެ ކުރީ ދުވަހު ބަންދުކުރީ 27 ތަނެކެވެ.

ކޮވިޑް-19 އިގެ ބަލިމަޑުކަމާއި ގުޅިގެން ކެފޭ، ރެސްޓޯރަންޓް އަދި ހޮޓާތަކާއި ސެލޫން އަދި ޖިމް ފަދަ ތަންތަން ހުޅުވަން ހުއްދަދީފައި ވަނީ މިމަހުގެ ފުރަތަމަ ދުވަހު އެވެ. އެތަންތަަން ހުޅުވުމުގެ ހުއްދަ ދީފައި ވަނީ ވަކި އުސޫލުތަކަކަށް އަމަލު ކުރަން ޝަރުތުު ކުރުމަށްފަހު އެވެ. ނަމަވެސް ބައެއް ތަންތަނުން އެ އުސޫލުތަކާއި ހިލާފަށް ދަނީ ހިދުމަތް ދެއެވެ.