އެޗްޕީއޭގެ އިންސްޕެކްޝަންގައި ކޮވިޑް-19 އިގެ އުސޫލުތަކަށް ނުފެތޭތީ މިއަދު ވެސް 22 ތަނެއް ބަންދު ކޮށްފި އެވެ.
އެޗްޕީއޭއިން މިރޭ ބުނީ އިންސްޕެކްޝަންގައި މިއަދު 135 ތަނެެއް ބެލި ކަމަށެވެ. އޭގެ ތެރެއިން 22 ތަނެއް ބަންދު ކުރި އެވެ. އެއީ ކާބޯތަކެތީގެ ހިދުމަތްދޭ ހަތް ތަނަކާއި ނުވަ ފިހާރައެއްގެ އިތުރުން ހަތަރު ސެލޫނަކާއި މާރުކޭޓެއްގެ އިތުރުން ސްޕާއެއް ކަމަށެވެ.
މީގެ ފަސް ދުވަސް ކުރިން ފެށި އިންސްފެކްޝަންގައި އުސޫލުތަކަށް ނުފެތޭ ތަންތަން ވަގުތުން ދަނީ ބަންދު ކުރަމުންނެވެ. ފުރަތަމަ ދުވަހު 27 ތަނެއް ބަންދުުކުރިއެވެ. ދެވަނަ ދުވަހު 50 ތަނެއް އަދި ތިން ވަނަ ދުވަހު ތަނެއް ބަންދު ކުރި އެވެ. އިއްޔެ ބަންދުކުރީ 40 ތަނެކެވެ. މާދަމާވެސް އިންސްޕެކްޝަންގެ ކުރިއަށް ގެންދާނެ އެވެ.
ކޮވިޑް-19 އިގެ ބަލިމަޑުކަމާއި ގުޅިގެން ކެފޭ، ރެސްޓޯރަންޓް އަދި ހޮޓާތަކާއި ސެލޫން އަދި ޖިމް ފަދަ ތަންތަން ހުޅުވަން ހުއްދަދީފައި ވަނީ މިމަހުގެ ފުރަތަމަ ދުވަހު އެވެ. އެތަންތަަން ހުޅުވުމުގެ ހުއްދަ ދީފައި ވަނީ ވަކި އުސޫލުތަކަކަށް އަމަލު ކުރަން ޝަރުތުު ކުރުމަށްފަހު އެވެ. ނަމަވެސް ބައެއް ތަންތަނުން އެ އުސޫލުތަކާއި ހިލާފަށް ހިދުމަތް ދެއެވެ.