ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

153 ޕޮޒިޓިވް: ކޮވިޑް ނަމްބަރު ވެއްޓޭ ގޮތެއްނުވި

މިދިއަ 24 ގަޑި އިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް ބައްޔަށް އިތުރު 153 މީހުން ޕޮޒިޓިވް ވެއްޖެ އެވެ.

އޭގެ ތެރެއިން 116 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 22 މީހަކާއި އިންޑިއާގެ 11 މީހަކާއި މިސްރު މީހަކާއި އިނގިރޭސިވިލާތުގެ މީހެއްގެ އިތުރުން ކެންޔާ މީހަކާއި އިންޑޮނޭޝިއާ މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ ނަންބަރު ވަނީ 4,446 އަރާފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަތޮޅުތަކުން ޕޮޒިޓިވްވި ފަސް މީހެއްވެސް ހިމެނެއެވެ. ދެން ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 148 މީހުންނެވެ.

މިއަދު ކޮވިޑް ބަލިން ރަނގަޅުވީ 23 މީހުންނެވެ. ރާއްޖެއިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 2،683 އަށް އަރާފައެވެ. ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 105 އަށް އަރާފައެވެ.

ކޮވިޑް ބަލީގައި މިހާތަނަށް 19 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ދިވެހިންނާއި ފަސް ބިދޭސީންނެވެ. މިއަދު ހެނދުވެސް ކޮވިޑް ބަލީގައި މީހަކު މަރުވެފައިވެއެވެ.