ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރާއްޖެ އައި އިތުރު ފަތުރުވެރިއަކު ޕޮޒިޓިވްވެއްޖެ

ރާއްޖެ އައި އިތުރު ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ޕޮޒިޓިވްވެފައިވަނީ އޮބްލޫ ސަން ރިސޯޓަށް އައި ފަތުރުވެރިއެއް ކަމަށެވެ. ނަޒްލާ ވިދާޅުވީ އޭނާ މިވަގުތު ހުރީ ރިސޯޓްގައި ކަމަށެވެ.

އަދި އޭނާގެ އާއިލާ ޓެސްޓް ކުުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

"މީނަ ޕޮޒިޓިވް މިވީ ރާއްޖެއިން ފުރުމަށް ކުރި ޓެސްޓުން،" ނަޒްލާ ވިދާޅުވިއެވެ.

ޖުލައި މަހުގެ 26 ވަނަ ދުވަހު ރާއްޖެ އައި ފަތުރުވެރިއަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. މިހާތަނަށް 1،700 ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އޭގެ ތެރޭގައި، މިހާރު ދުނިޔޭގައި އެ ބަލި އެންމެ ބޮޑަށް ފެތުރޭ އެމެރިކާ އަދި ޔޫރަޕުގެ ބައެއް ގައުމުތައް ވެސް ހިމެނެ އެވެ.