ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

8 މީހުން އައިސީޔޫގައި، އެކަކު ވެންޓިލޭޓަރުގައި

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 8 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު އެކަކު ވެންޓިލޭޓަރަށް ލާފައިވާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 110 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ 8 މީހުންނާއި ބ. އޭދަފުށީ ކޮވިޑް ސެންޓަރާއި ށ. ފުނަދޫ ކޮވިޑް ސެންޓަރުގައި ފަރުވާ ދެމުންދާ ދެ މީހެއްގެ އިތުރުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދާ 85 މީހުންނެވެ.

ޑީއެޗް11 ގައި ފަރުވާ ދެމުންދާ ދެމީހުން ވަނީ އައިސީޔޫގައެވެ. އަދި މާބަނޑު މީހުންނަށް ހާއްސަކޮށްގެން ޑީއެޗް16 ގައި ހަދާފައިވާ ސެންޓަރުގައި ހަ މީހަކަށް ވޯޑްގައި ބާއްވައިގެން ދަނީ ފަރުވާ ދެމުންނެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދާ 85 މީހުންގެ ތެރެއިން ހަ މީހަަކަށް ފަރުވާ ދެނީ އައިސީޔޫގައެވެ. އަދި އެކަމަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައެވެ.

ރާއްޖޭގައި ކޮވިޑްގެ ބަލި ހަލުވި ކަމާއެކު ދަނީ ފެތުރެމުންނެވެ. ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ދަނީ ބައްޔަށް ޕޮޒިޓިވްވަމުންނެވެ. މިއަދުވެސް 146 މީހުން ޕޮޒިޓިވްވި އެވެ. ކޮވިޑްގައި މިހާތަނަށް 19 މީހަކު ވަނީ މަރުވެފައެވެ. އެއީ 14 ދިވެހިންނާއި ފަސް ބިދޭސީންނެވެ.