ބޭރު ކުޅިވަރު

އަނިޔާގެ ސަބަބުން ސްޓޯން އިނގިރޭސި ޓީމުން ބާކީކޮށްފި

Oct 7, 2015

އަނިޔާގެ ސަބަބުން އެވަޓަންގެ ޑިފެންޑަރު ޖޯން ސްޓޯން ޔޫރޯ ކޮލިފައިންގައި އެސްޓޯނިއާ އާއި ލިތުއޭނިއާއާ ދެކޮޅަށް ކުޅޭ އިނގިރޭސި ގައުމީ ޓީމުން ބާކީކޮށްފި އެވެ.

މި ސީޒަން ފެށުމުގެ ކުރިން ބޮޑުއަގުގައި ތިން ފަހަރެއްގެ މަތީން ޗެލްސީ އަށް ގެންދިއުމަށް ހޯސޭ މޮރީނިއޯ މަސައްކަތް ކުރި 21 އަހަރުގެ ޑފެންޑަރުގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ބާކީކުރަން ޖެހުމުން ބަދަލުގައި ގައުމީ ޓީމަށް ނަގާފައިވަނީ ޓޮޓެންހަމުގެ އަންދްރޭސް ޓައުން ސެންޑާއި ކޭލް ވޯކާ އެވެ.

ސްޓޯން އަށް އަނިވީ އާދީއްތަ ދުވަހު އިނގިރޭސި ޕްރެމިއާ ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

ހުކުރު ދުވަހު އެސްޓޯނިއާއާ ދެކޮޅަށް އަދި ހޯމަ ދުވަހު ލިތުއޭނިއާ ދެކޮޅަށް ކުޅޭ މެޗުގައި ކެޕްޓަން ވޭން ރޫނީ އަށް ވެސް ކުޅެވާނެލަން ޔަގީނެއްނޫނެވެ. އޭނާގެ އިތުރުން ލިވަޕޫލްގެ ފޯވަޑް ޑެނީ އިންގްސް އާއި ސްވަންސީގެ މިޑްފލްޑަރު ޖޮޖްޖޯ ޝެލްވޭ ވެސް ވަނީ އިއްޔެ ފަރިތަކުރުންތަކަށް ރެސްޓްދީފަ އެވެ.

ކޮލިފައިންގެ މި ދެ މެޗަށް ނުކުންނައިރު އިނގިރޭސިން ވަނީ އަންނަ އަހަރު ފްރާންސްގައި ބާއްވާ މުބާރާތަށް ކޮލިފައިވެފަ އެވެ.