ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހުޅުދުއްފާރު

ހުޅުދުއްފާރު މީހަކަށް ކޮވިޑް ޖެހިއްޖެ

ރ. އަތޮޅު ހުޅުދުއްފާރުގައި މީހަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.

ހުޅުދުއްފާރު ކައުންސިލުގެ އިދާރާއިން ބުނި ގޮތުގައި އެ ރަށުގައި އެ ބައްޔަށް ޕޮޒިޓިވީ ވަނީ މާލެެއިން ގޮސް ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ. އެނާއަށް ބަލި ޖެހުނު އިރު މާލެއިން ރަށަށް ދިއުމުގެ ކުރިން ވަނީ ސާމްޕަލް ނަގާފަ އެވެ. އެ މީހާގެ ޓެސްޓްގެ ނަތީޖާ ލިބުނީ މިއަދު އެވެ.

ހުޅުދުއްފާރުން މީހަކު ޕޮޒިޓިވި ކޮވިޑް-19 ފެތުރުން ރާއްޖޭގައި މިހާރު ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. މާލޭގެ އިތުރުން ކޮވިޑް ބަލި ޖެހިފައިވާ މީހުން މިހާރު 11 ރަށެއްގަައި އެބަތިއްބެވެ.

  • ރާއްޖެއިން މިހައިތަނަށް ޖެހުނީ: 4594
  • 19 މީހަކު ވަނީ މަރުވެފައި
  • 2706 މީހަކު ރަނގަޅުވެފައި
  • އެކްޓިވް ކޭސްތަކުގެ އަދަދަކީ 1854

ކޮވިޑާ ގުޅިގެން ރާއްޖޭގައި ގެނައި ދިގު ލޮކްޑައުންއަށއް ފަހު ހާލަތު އިތުރަށް ގޯސްވެފައިވާތީ ކުރިން އަޅާފައިވާ ބައެއް ފިޔަވަޅުތަކާއި އާ ބައެއް ފިޔަވަޅުތައް އަޅައި ރައްކާތެރިކަން އިތުރަށް ވަރުގަދަ ކޮށްފައިވެއެވެ.