ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކަރަންޓީނާ ހިލާފުވި މީހަކު ހުޅުދުއްފާރުން ހައްޔަރުކޮށްފި

މާލެއިން ރ. ހުޅުދުއްފާރަށް ދިޔަ މީހަކު ކަރަންޓީނުގެ އުސޫލުތަކާ ހިލާފަށް ރަށުތެރޭގައި އުޅެމުންދާތީ އެ މީހާ ހައްޔަރު ކޮށްފި އެވެ.

ހުޅުދުއްފާރުން ހައްޔަރު ކޮށްފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރު ކުރީ ޖޫން މަހުގެ 30 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަަށް ކަރަންޓީނުގައި ބެހެއްޓުމުން، ކަރަންޓީނުގެ އުސޫލުތަކާ ހިލާފަށް ގެއިން ބޭރަށް ނުކުމެ ރަށުތެރޭ އުޅެމުންދާތީ އެވެ. އަދި، ރަށު ކައުންސިލާއި ފުލުހުން ތަކުރާރުކޮށް ނަސޭހަތްތެރިވުމުން ވެސް އެޗްޕީއޭގެ އުސޫލުތަކަށް އަމަލު ނުކުރުމުންނެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އެ އަތޮޅު އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.

މި ހަފްތާގައި ވަނީ ހުޅުދުއްފާރު ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮސިޓިވްވެފަ އެވެ.