ވިޔަފާރި

ދިރާގު މަމެންގެ ވާހަކަ ބުނެގެން ހިލޭ ޑޭޓާ

Aug 7, 2020
1
ދިރާގު "މަމެން" އެޕްގެ މިހާރުގެ ޕްރޮމޯޝަނާ ބެހޭ ވީޑިއޯއެއް

ދިރާގުން ތައާރަފުކޮށްފައިވާ "މަމެން" އަކީ ސަޅި އެޕެކެވެ. ތިމާގެ ފޯނުގައި ހުންނަ ޑޭޓާ ބޭނުން ގޮތަކަށް ސެޓް ކޮށްލެވޭ ފަސޭހަ ހިދުމަތެވެ. ދިރާގުން މިހާރު މިވަނީ "މަމެން" މޮބައިލް އެޕު ބޭނުން ކުރާ މީހުންނަށް ހާއްސަ ހިދުމަތެއް ފަށާފަ އެވެ. ދިރާގު މަމެންގައި "މަމެން ރިފެރަލް" ފީޗާ އާ އެކު ކަސްޓަމަރުންނަށް ހިލޭ ޑޭޓާ ލިބޭނެގޮތް މިވަނީ ވެފަ އެވެ.

"މަމެން ރިފެރަލް" ފީޗާ މެދުވެރިކޮށް މިހާރު މަމެން ގެންގުޅޭ ކަސްޓަމަރުން އާއިލާ އާޢި ރައްޓެހިންނަށް "މަމެން" ޕްލޭންސް އެކްޓިވޭޓް ކުރުމަށް "ރިފަ" ނުވަތަ ދައުވަތުދީގެން ހިލޭ ޑޭޓާ ލިބިގެންދާނެ އެވެ. މަމެން ރެފަރަލް މެދުވެރިކޮށް ޕްލޭނެއް ނެގުމުން "ރިފަ" ކުރި ކަސްޓަމަރުގެ އިތުރުން، އެ ރެފަރަލް މެދުވެރިކޮށް އަލަށް ކަނެކްޝަން ނަގާ ކަސްޓަމަރަށް ވެސް ހިލޭ ޑޭޓާ ލިބިގެންދާނެ އެވެ.

މަމެން ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް އެޕްގައިވާ "ރިފަރަލް ޓެބް" މެދުވެރިކޮށް ހާއްސަ "ރިފަރަލް ކޯޑް" އެއް ލިބޭނެ އެވެ. މި ކޯޑް މެދުވެރިކޯށް ބޯނަސް ޑޭޓާ އާއި ލީޑަރބޯޑް ޓްރެކް ކުރެވޭނެ އެވެ. މަމެން އެޕް ގޫގުލް ޕެލޭ ސްޓޯ އަދި އެޕަލް އެޕް ސްޓޯ އިން ހިލޭ ޑައުންލޯޑް ކޮށްލެވޭނެ އެވެ. ދިރާގު މަމެން ކަސްޓަމަރުންނަށް މިހާރު ހިނގަމުންދާ ޕްރޮމޯޝަންގެ ދަށުން މަމެން ޑޭޓާ އެޑް-އޮންތަކުން 25 ޕަސެންޓުގެ ޑިސްކައުންޓެއް 31، އޮގަސްޓް 2020 ގެ ނިޔަލަށް ލިބިގެންދާނެ އެވެ.

ދިރާގު މަމެން ކަސްޓަމަރުންނަށް މިހާރު ހިނގަމުންދާ ޕްރޮމޯޝަންގެ ދަށުން މަމެން ޑޭޓާ އެޑް-އޮންތަކުން 25 ޕަސެންޓުގެ ޑިސްކައުންޓެއް 31، އޮގަސްޓް 2020 ގެ ނިޔަލަށް ލިބިގެންދާނެ އެވެ.

ދިރާގުން 2017 ވަނަ އަހަރު ތައާރަފުކުރި މަމެންނަކީ އެ މީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް ހަމަޖައްސާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އިންގިލާބީ މޯބައިލް ޕްލޭނަކެވެ. ޒުވާނުންނަށް ބޮޑަށް އަމާޒުކޮށްގެން ނެރެފައިވާ މަމެންއަކީ މިހާތަނަށް ރާއްޖޭގައި ތައާރަފްކުރި މިފަދަ ފުރަތަމަ މޯބައިލް ޕްލޭނެވެ. ޒުވާނުން ބާރުވެރިކުރުމަށް ގިނަ ކަންތައްތައްކެއް ކުރުމަށް ދިރާގުން ނުހަނު ބޮޑު އިސްކަމެއްދެއެވެ. އެގޮތުން، ޒުވާނުންގެ މެދުގައި މަގުބޫލް ކެފޭތަކާއި ފިހާރަ ފަދަ ތަންތަނާ ގުޅިގެން ގިނަ ފައިދާތައް މަމެން ކަސްޓަމަރުންނަށް ލިބޭނެ މަގުތައް ދިރާގުން ދަނީ ހޯދަމުންނެވެ.