ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ރަށު ކަރަންޓީނަށް ދެވޭނެ ފަސް ޝަރުތެއް

ރަށްރަށުގައި ކަރަންޓީންވާ އެދެވޭނެ ޝަރުތުތަކެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ މިއަދުން ފެށިގެން ރަށްރަށުގައި ކަރަންޓީންވާ ފޮނުވާނީ ފަސް ޝަރުތެއް ހަމަވާ މީހުންނަށް އެކަނި ކަމަށެވެ. މި ފިޔަވަޅު އަޅާފައިވަނީ ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ގޯސްވަމުންދާތީއެވެ. މާލެ ސިޓީގެ އިތުުރުން ގިނަ ރަށްތަކެއްގައިވެސް ކޮވިޑްގެ ބަލި މީހުން އެބަތިއްބެވެ.

ހޯމްކަރަންޓީންގެ ޝަރުތުތައް

  • މެޑިކަލް އިމާޖެންސީއެއްގައި / ޑޮކްޓަރަށް ދެއްކުމަށް މާލެ އައުމާއި ގުޅިގެން،
  • މާލޭގައި ދިރިއުޅޭތަން ދޫކޮށްލަން ޖެހުމާއި ގުޅިގެން،
  • ރަސްމީ ބޭނުމަކަށް މާލެއައިސް ރަށަށް ދިއުމަށް،
  • ވަޒީފާ ގެއްލިގެން ނުވަތަ ވަޒީފާ ރަށަށް ބަދަލުވުމާއި ގުޅިގެން،
  • ޝަރުއީ ކޯޓަކަށް ހާޒިރުވާން ޖެހުމާއި ގުޅިގެން،

އެޗްޕީއޭއިން ބުނީ ހޯމްކަރަންޓީންއަށް އެދުމަށްފަހު އެކަމާ ގުޅޭ ލިޔެކިޔުންތައް ރަށުކައުންސިލަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަންވާނެ ކަމަށެވެ. އަދި ފުރުމަށް ޓިކެޓް ނަގަންވާނީ ކަރަންޓީނު ލިޔުން އަދި ބިލްޑިން މޮނިޓަރިންގ ނޯޓިސް ލިބުމުން ކަމަށެވެ.

އަދި މިހާތަނަށް ހޯމް ކަރަންޓީންވުމަށް އެޕްރޫވް ނުލިބިވާ މީހުން އަލުން ހޯމްކަރަންޓީން ވުމަށް އަލުން ހުށައަަޅަންޖެހޭނެ ކަމަށެވެ. އެކަން އެމީހުންނަށް އަންގާފައިވާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ދަތުރު ކުރެވޭނީ އެ ފަސް ޝަރުތުގެ ތެރެއިން ޝަރުތުހަމަވާ މީހުންނަށް ކަމަށެވެ.