ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑްގެ ބަލި މީހުން ތިބީ 12 ރަށެއްގައި

ކޮވިޑް-19 ގެ ބަލި މީހުން 12 ރަށެއްގައި، މިވަގުތު އެބަތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ވަނީ ކޮވިޑްގެ ބަލި މީހުން މިވަގުތު ތިބި ރަށްރަށުގެ ނަންތައް ހާމަކޮށްފައެވެ. ރަށްރަށުން ޕޮޒިޓިވްވެފައި ވަނީ މާލެއިން އެ ރަށްރަށައް ހޯމް ކަރަންޓީނަށް ދިޔަ މީހުންނާއި މާލެއާއި ރަށްރަށާއި ދެމެދު ދަތުރުކުރާ ބޯޓްތަކުގައި މަސައްކަތް ކުރާ މީހުންނެވެ.

އެހެންވީމަ އެ މީހުންނަށްވެސް ބަލި ޖެހިފައިވަނީ މާލެއިން ކަމަށް ޔަގީން ކުރެވެއެވެ.

ކޮވިޑްގެ ބަލި މީހުން ތިބި ރަށްރަށް

  • ހއ. ކެލާ
  • ހދ. ނާވައިދޫ
  • ބ. ކުޑަރިކިލު
  • ރ. އިނގުރައިދޫ
  • ޅ. ހިންނަވަރު
  • ކ. މާފުށި
  • ވ. ފުލިދޫ
  • ޏ. ފުވައްމުލަކު ސިޓީ
  • ހއ. އިހަވަންދޫ
  • ބ. ކަމަދޫ
  • ރ. ހުޅުދުއްފާރު
  • ހއ. ފިއްލަދޫ

ހޯމް ކަރަންޓީނަށް ރަށްރަށަށްދާ މީހުން ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ޓެސްޓް ކުރެއެވެ. އެގޮތަށް ކުރެވުނު ޓެސްޓުތަކުން ގިނަ ބަޔަކު ވަނީ ޕޮޒިޓިވްވެފައެވެ.

މީގެ އިތުުރުން އުތުރުގެ ރަށްރަށައް ދަތުރުކުރާ ބައެއް ބޯޓް ފަހަރުގައި މަސައްކަތް ކުރާ ބައެއް މީހުންވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.