ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޕޮޒިޓިވް 129، އޭގެތެރޭ 93 ދިވެހިން

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 129 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މިއަދުގެ އިރުއޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 128 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށައި އަނެއް މީހަކީ އެހެން ރަށަކުން ޕޮޒިޓިވްވެފައިވާ މީހެއް ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 93 ދިވެހިން ހިމެނެއެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 26 މީހަކާއި އިންޑިއާއަށް ނިސްބަތްވާ ނުވަ މީހެއްގެ އިތުރުން ނޭޕަލް މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 4,898 އަރާފައެވެ.

މިއަދު ކޮވިޑުން ރަނގަޅުވީ 37 މީހުންނެވެ. ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2791 އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅުނުވެ ތިބީ 2088 މީހުންނެވެ. ކޮވިޑްގައި 19 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގައި ގެނައި ދިގު ލޮކްޑައުންއަށއް ފަހު ހާލަތު އިތުރަށް ގޯސްވެފައިވާތީ ކުރިން އަޅާފައިވާ ބައެއް ފިޔަވަޅުތަކާއި އާ ބައެއް ފިޔަވަޅުތައް އަޅައި ރައްކާތެރިކަން އިތުރަށް ވަރުގަދަ ކޮށްފައި ވެއެވެ. މިހާރު ވަނީ ބޭރުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުކޮށް އަދި ރޭގަނޑު 10:00 އިން ފަތިހު 5:00 އާ ދެމެދު ބޭރުގައި އުޅުން މަނާކޮށްފަ އެވެ. އަދި ރަށްރަށަށް ދިއުމުގައި ދިން ލުއިތައް ވެސް ވަނީ ހަރުކަށިކޮށްފަ އެވެ.