މިދިޔަ ޖޫން މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް 0.23 ޕަސެންޓަށް ދަށަށް ގޮސްފި އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޖޫން މަހު، މަހުގެ އަގުތަކަށް އައި ބަދަލާ ނުލައި ބަލާނަމަ އިންފްލޭޝަން ރޭޓް ވަނީ 0.23 ޕަސެންޓް ދަށަށް ސޮއްސާލާފަ އެވެ. މިދިޔަ އަހަރުގެ މެއި މަހު ހުރީ 0.04 ޕަސެންޓްގަ އެވެ.
ޖޫން މަހު މައިގަނޑު ގޮތެއްގައި އަގުތައް ދަށަށް ގޮސްފައިވާ ބާވަތްތަކުގެ ތެރޭގައި މަހުގެ ބައިން ވަނީ 4.23 ޕަސެންޓް ދަށްވެފަ އެވެ. އަދިި ތަރުކާރީގެ ބައިން 5.7 ޕަސެންޓް ދަށްވެ، މޭވާގެ ބައިން 4.9 ޕަސެންޓް ވަނީ ދަށްވެފަ އެވެ.މީގެ އިތުރުން މުވާސަލާތީ ހިދުމަތްތަކުގެ އަގުތައް ވެސް ވަނީ 2.03 ޕަސެންޓް ދަށްވެފަ އެވެ.
އެންބީއެސް އިން ބުނި ގޮތުގައި އަގުތައް މަތިވެފައިވާ ބައިތަކުގެ ތެރޭގައި ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްގެ ބައިން 2.02 ޕަސެންޓް މަތިވެފަ އެވެ. މީގެ އިތުރުން ކުޅިވަރާއި ސަގާފީ ކަންތަކުގެ ބައިން 14.57 ޕަސެންޓް މަތިވެފައިވެ އެވެ. އަދި ދުންފަތުގެ ބައިގެ އަގުތައް ވެސް ވަނީ 0.39 ޕަސެންޓް މަތިވެފަ އެވެ.