ހަބަރު

ފަޔާ އެންޑް ރެސްކިއު ސާވިސްގެ ކޮމަޑާންޓްގެ މަގާމަށް ކާނަލް މުހުތާރު

ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ކޮމަޑާންޓްގެ މަގާމަށް ކާނަލް މުހައްމަދު މުހުތާރު މިއަދު އައްޔަން ކޮށްފި އެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި މަގާމު އެ މުހުތާރާ ހަވާލު ކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ކަމަށެވެ. އެ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ކާނަލް މުހައްމަދު މުހުތާރު، ފަޔާ އެންޑް ރެސްކިއު ސާވިސްގެ ކޮމަޑާންޓް ކަމަށް އައްޔަން ކުރައްވާފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި ކާނަލް އަބްދުﷲ އިބްރާހީމް ކޯހެއްގައި ދިގު މުއްދަތަކަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވުމާއި ގުޅިގެނެވެ.