ހަބަރު

ދިރާގު ޓީވީ ހިދުމަތުގެ ޕްރޮމޯޝަނެއް ފަށައިފި

Aug 10, 2020

ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ޕްރޮމޯޝަނެއް މިއަދު ތައާރަފު ކޮށްފި އެވެ.

ދިރާގުން ބުނީ ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ޕްރޮމޯޝަނުގައި ދިރާގު ޓީވީގެ ހިދުމަތް ހިލޭ ގުޅައި ދިނުމުގެ އިތުރުން، ދެ މަހުގެ މަހުފީ އަދި ޖޯއިބޮކްސް ވެސް (ޑީކޯޑާ) ހިލޭ ލިބޭނެ ކަމަށެވެ. ޕޮރޮމޯޝަން ކުރިއްދާނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަން ގެނައީ ދިރާގު ޓީވީއަށް "ސްޓާ" ނެޓްވޯކްގެ ޗެނަލްތައް އައިސްފައިވާ ދަނޑިވަޅެއްގަ އެވެ.

ސަތޭކައަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އަދި އެންމެ ފުރަތަމަ އެޗްޑީ ކޮލިޓީގައި ޓީވީ ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ފޯރުކޮށްދޭ ޑިޖިޓަލް ޓީވީގެ ހިދުމަތެވެ. ދިރާގުން ރާއްޖޭގެ 73 ޕަސެންޓް ގޭބިސީއަށް މިހާރު ދިރާގު ޓީވީގެ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.