ހަބަރު

ޔޫތު ޑޭ: ލިޔުންތެރިކަމުގެ މުބާރާތެއް

Aug 12, 2020

ޒުވާނުންގެ ދުވަހާ ގުޅިގެން ޔޫތު މިނިސްޓްރީން ކްރިއޭޓިވް ޕިޗް ރައިޓިން މުބަރާތެއް ހުޅުވާލައިފި އެވެ.

ޔޫތު މިނިސްޓްރީން މިއަދު ބުނީ، ޒުވާނުންގެ ދުވަސް ފާހަގަ ކުރަން އެ މިނިސްޓްރީން މިއަދު ޕިޗް ރައިޓިން މުބާރާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެ މުބާރާތް ކާމިޔާބުކުރާ ތިން ޓީމަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެ ކަމަށެވެ.

ބައިިނަލްއަގްވާމީ ޒުވާނުންގެ ދުވަހަކީ އޯގަސްޓް މަހުގެ 12 ވަނަ ދުވަހެވެ،

ޕިޗުތައް ހުށަހެޅޭނެ މައުލޫތައް

  • ކްލައިމެޓް ޗޭންޖް
  • ފަައިނޭންޝިއަލް އިންކްލޫޝަން
  • ޔޫތު ހެލްތު
  • ވިމެން އެމްޕަވަރމަންޓް
  • ޕޮލިޓިކަލް ޕާޓިސިޕޭޝަން
  • ވޮލަންޓިއަރިޒަމް
  • އެެޑިއުކޭޝާން
  • މައިގްރޭޝަން
  • ރެޑިކަލައިޒޭޝަން އެންޑް ވަޔޮލެންޓް އެކްސްޓްރީމިޒަމް
  • ޑިސްއެބިލިޓީ އެންޑް އިންކްލޫޝަން

މި މުބާރާތް ބާއްވަނީ އޮންލައިން ކޮށެވެ. އަދި މި މުބާރާތަށް ހުށަހަޅާ ޕިޗްތަކުގެ ތެރެއިން އެންމެ ރަނގަޅު ތިން ޓީމަކާއެކު މިނިސްޓްރީއިން މަސައްކަތްކުރާނެ އެވެ. މުބާރާތުގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޔޫތު އެންގޭޖްމެންޓް ފޯ ގްލޯބަލް އެކްޝަން އެވެ.

މި މުބާރާތުގައި 18 އަހަރާއި 35 އަހަރާއި ދެމެދުގެ ހުރިހާ ދިވެހިންނަށް ވެސް ބައިވެރި ވެވެ އެވެ. ޕިޗް ހުށަހެޅޭނީ މި މަހުގެ ނިޔަލަށެވެ.