ދުނިޔެ

ރަސޫލާއަށް ފުރައްސާރަކޮށްގެން އިންޑިއާގައި ހަމަނުޖެހުން

Aug 12, 2020
2

ބެންގަލޫރު (އޯގަސްޓް 12) - ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ފޭސްބުކްގައި ކުރި ޕޯސްޓަކާ ގުޅިގެން އިންޑިއާގެ ބެންގަލޫރުގައި ބައަކު ނުކުމެ ހިންގި ހަމަނުޖެހުންތަކުގައި ތިން މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އެ ސަރަހައްދުގެ ސިޔާސީ ލީޑަރެއްގެ ގޭ ދޮށަށް ގިނަ ބިޔަކު އެއްވީ، އޭނާގެ އާއިލާގެ މީހަކު ރަސޫލާއަށް ފުރައްސާރަކޮށް ފޭސްބުކުގައި ޕޯސްޓެއް ކޮށްފައިވާކަމަށް ބުނެ އެވެ. އެއްވި މީހުން ވަނީ އެ ސަރަހައްދުގައި ހުރި ވެހިކަލްތަކުގައި ރޯކޮށް، އެ ތަނަށް ދިއަ ފުލުހުންނަށް ގަލުން ހަމަލާދީފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ކުރިމަތިލުންތަކުގައި ފުލުހުން ބަޑިޖެހުމުގެ ސަބަބުން ތިން މީހަކު ވަނީ މަރުވެފަ އެވެ.

ފުލުހުން ވަނީ އެ ޕޯސްޓު ކުރި މީހާގެ އިތުރުން ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި 100 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އިތުރަށް ބުނީ އެ ކުރިމަތިލުންތަކުގައި 60 އަށް ވުރެ ގިނަ ފުލުހުން ވަނީ ޒަހަމްވެފަ އެވެ.