ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ޖޫރިމަނާ: 786،000 އަށް އަރައިފި

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފަށް އަމަލުކުރުމުގެ ސަބަބުން މިހާތަނަށް 786 މީހަކު ޖޫރިމަނާކޮށްފި އެވެ.

ކޮވިޑް ބަލި ފެތުރޭ މިންވަރު އިތުރުވުމާއެކު ކުރިން ދީފައިވާ ލުއިތަކަށް ބަދަލުތަކެއް ފިޔަވަޅުތައް ދަނީ ހަރުކަށި ކުރަމުންނެވެ. އެގޮތުން ބޭރުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށް ރޭގަނޑު 10 ފެށިގެން ފަތިހު 5 ކަށް ކާފިއު ވަނީ ހިންގާފައެވެ. މި އުސޫލުތަކާއި ހިލާފުވާ މީހުން 1،000 ރުފިޔާއިން ދަނީ ޖޫރިމަނާ ކުރަމުންނެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މާސްކު ނާޅާ ބޭރުގައި އުޅުމުގެ ސަބަބުން 41 މީހަކު މިއަދުވެސް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި 94 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށެވެ.

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް 475 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ. އެހެން ކަމުން ޖޫރިމަނާ ފައިސާގެ ގޮތުގައި 475،000 ރުފިޔާ ދައުލަތަށް ލިބޭނެއެވެ.

ސިއްހީ ކުއްލި ހާލަތުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން، ބޭރަށް ނުކުމެ އުޅޭއިރު އަނގަ އާއި، ނޭފަތުގެ އިތުރުން ދަތްދޮޅި ނިވާ ވާގޮތަށް މާސްކު އެޅުން ހޮނިހިރު ދުވަހުން ފެށިގެން ވަނީ ލާޒިމުކޮށްފަ އެވެ.

އެ އުސޫލުގައިވާ ގޮތުން، ދެ އަހަރު ދަށުގެ ކުޑަކުދިންނާއި، ކަސްރަތު ކުރާ ވަގުތުތަކުގެ އިތުރުން މީހެއްގެ އެހީއާ ނުލައި މާސްކު ނޭޅޭ މީހުން ފިޔަވައި އެހެން ހުރިހާ މީހުން ބޭރުގައި އުޅޭއިރު މާސްކު އެޅުން ލާޒިމެވެ.

ކާފިއު ޖޫރިމަނާ

ރޭގަނޑު 11:00 ފެށިގެން ފަތިހު 5:00 ބޭރުގައި އުޅުން ވެސް މަނާ ކޮށްފައިވާއިރު، އެކަން ތަންފީޒު ކުރުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރަމުންނެވެ.

ނަޒްލާ ވިދާޅުވީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކާފިއު ވަގުތު ބޭރުގައި އުޅެގެން 80 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި 120 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށެވެ.

މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިހާތަނަށް 311 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ. އެހެން ކަމުން ޖޫރިމަނާ ފައިސާގެ ގޮތުގައި 311،000 ރުފިޔާ ދައުލަތަށް ލިބޭނެއެވެ.