ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ބިދޭސީ ހަބުތަކުން ބަލި އިތުރަށް ފެތުރިދާނެ!

އެކަށީގެން ނުވާ ތަންތަނުގައި ތިބި ބިދޭސީން ފެންވަރު ރަނގަޅު ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އަވަސް
0%
0%
0%

ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ، ތޮއްޖެހިފައިވާ ތަންތަނުގެ ސަބަބުން ކޮވިޑް-19 އިތުރަށް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑުކަން ހާމަވެއްޖެ އެވެ.

ކޮވިޑް-19 އަށް ރޭ ޕޮޒިޓްވެފައިވާ 14 މީހުންނަކީ ބިދޭސީންނެވެ. ޢޭ މީހުންނަކީ ދިރިއުޅެން އެކަށީގެން ނުވާ ތަންތަނުގައި އެތައް ބަޔަކާއެކު ތޮއްޖެހިގެން ދިރިއުޅެމުން ދިޔަ ބައެކެވެ. އެ 14 މީހުންނަކީ ވެސް އެއް ހަބަކަށް ނިސްބަތްވާ މީހުންނެވެ.

ރޭ އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ، ތޮއްޖެހިފައިވާ ތަންތަނަށް ވަދެ ނިކުމެ އުޅުން ކޮންޓްރޯލްކޮށް މޮނިޓަރު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު އެ ތަންތަނުގައި ތިބި މީހުންގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު ކުޑަ ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ރެޕިޑްރެސްޕޮންސް ޓީމާއި މެޑިކަލް ޓީމް ގުޅިގެން އެފަދަ ތަންތަނަށް ޒިޔާރަތްކޮށް އެމީހުންގެ ތެރެއިން ޝައްކު ކުރެވޭ މީހުން ކޮވިޑަށް ޓެސްޓް ކުރަމުން ގެންދެ އެވެ. އިއްޔެ ފެށި އެ މަސައްކަތުގައި އެފަދަ ތިން ތަނަކަށް ޒިޔާރަތްކޮށް ސްކްރީން ކުރި އެވެ. ރޭ ޕޮޒިޓްވި މީހުންނަކީ އެގޮތުން އެއް ތަނެއްގައި އުޅެމުންދިޔަ މީހުނެވެ.

"ފަހުން މި ޕޮޒިޓިވްވި 14 މީހުންނަކީ މިގޮތަށް ސްކްރީން ކުރެވުނު އެއް ތަނަކުން ފެނުނު 14 މީހުން." ނަޒްލާ ވިދާޅުވި އެވެ.

ފުލުހުން ބުނި ގޮތުގައި މާލޭގައި ހަލުއި ކަމާއެކު ކޮވިޑް-19 ފެތުރެމުން ދާތީ، މާލޭގައި ދިރިއުޅޭ ބިދޭސީންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ދިރިއުޅޭ ތަންތަނުގެ ހާލަތު ހުރި ގޮތުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑެވެ. އެހެން ކަމުން ބަލި ފެތުރުން ހުއްޓުވާ ކޮންޓްރޯލް ކުރުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ ތޮއްޖެހިފައިވާ ތަންތަނަށް ވަދެ ނިކުމެ އުޅުން ކޮންޓްރޯލްކޮށް މޮނިޓަރު ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

މިހާރުވެސް ހަ ތަނެއް ފުލުހުން މޮނިޓަރު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ. އަދި އެ ތަންތަން މޮނިޓަރު ކުރަމުންދާއިރު ޒަރޫރީ ބޭނުންތަކުގައި ފިޔަވައި އެފަދަ ތަންތަނަށް ވަނުމާއި ނުކުމެ ނޫޅެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މާލޭގައި އެފަދަ ގިނަ ތަންތަން ހުރިިއިރު ކޮވިޑް ފެތުރުމުގެ ފުރުސަތު އެންމެ ބޮޑީ ވެސް ބިދޭސީންގެ ތެރޭގައި ކަމަށް ވަނީ ބެލެވިފަ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅެއްގެ ގޮތުން، ދިރިއުޅެން އެކަށީގެން ނުވާ ތަންތަނުގައި އުޅެމުންދާ ބިދޭސީން އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ވަނީ ފަށާފަ އެވެ. އެގޮތުން 5000 ބިދޭސީންނަށް ވަގުތީ ހިޔާވަހިކަން ދިނުމުގެ މަަސައްކަތް އަންނަނީ ކުރަމުންނެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހާލަތު، ކޮވިޑް-19 އިގެ ބަލިމަޑުކަމާ ގުޅިގެން އިތުރަށް ގޯސް ވެފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިންވެސް ވަނީ ބުނެފަ އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޢަހުމަދު ޖަލާލު

ދެންތިބެ ބަންގާޅީންނައްހަރަދުކޮއްކޮއް ދެންސަލާމަތެއްނުވާނެ

ޚުލާޞާ

މިއޮތީ ރިހޭފައި މައްޗަށް ފޮއި ވެއްޓިފަ މިކަމެއް ފެށެން އުޅުން އިރަށް ރައްޔިތުން ގޮވަން ފަށައިފި ބަންގާޅުން ފޮނުވަދޭށޭ ބޭރުކުރާށޭ އެކަމަކާ ނޫޅުނު އެއަޑު އިވުނު ވެރިޔަކު ނެތް ދެން މިހަރު މިއޮތީ ބަލާ ބަލަހައްޓަން ޖެހިފަ ބަލިޖެހޭ ގިނަ މީހުންނަކީ ބަންގާޅުން މިއީ ދިވެހިން ދައްކަމުން އައިވާހަކަ ދިވެހިންނަށް އެނގޭ އެމީހުންގެ މުޑުދަރުކަމާ ނުތަހިރު ދިރިއުޅުން އުޅޭގޮތް މިހާރު ބަޔަކު ހިނގައްޖެ ބަލި ފެތުރެން ފެށީމަ ރަށްރަށަށް ވެސް

ގަމުތުނޑީ

މިކަމުގަ ޒިންމާވާން ޖެހޭނީ ބޯޅަދަނޑަށް އެމީހުން ވައްދާ ރަޖިސްޓަރީކޮށް މާލޭން ފޮނުވައި ނުލި މީހުން އެފަދަ ފަރާތްތައް ޒިންމާއިން އެކަހެރިވެ އިސްތިއުފާ ދޭން ޖެހޭ އަދި ވީ އިޙްމާލު ތަހުގީގުކޮށް ޝަރީޢަތުން ހުކުމް ކިރަން ޖެހޭނެ މިހުރީ ދެންއަންނަ ސަރުކާރުން ބަލާނެ ކަމްތައްތައް

ސުރުޚީ

ތިއީ ޝައްކެއްއޮތް ކަމެއްނޫނެވެ. މިދާކަށްދުވަހު ކެމިކަލްގުދަނެއްގައި ރޯވިރޯވުމަށްވުރެ، ތިއިންތަނަކުން މިފަދަކަމެއް ފެތުރެންފަށައިފިނަމަ، ގެއްލުންމާއިވޭން ކުޑައެއްނުވާނެެއެެވެ. މިއަދު ތިކަމާއިދޭތެރޭގައި އެއްޗެތިކިޔައި އިނގިލި ދިއްކުރާނެކަމެއްނެތެވެ. ފުރަތަމަ ޕޯޓުއެތޯރިޓީއަށާއި ޕަބްލިކް ވަރކްސްއަށް ބިދޭސީން ގެންނަން ފެށީއްސުރެ މިއަދާއިހަމައަށް ތިމީހުން ބޭތިއްބުމުގެކަންތައް ގޮސްފައިވަނީ ގޯހުން ގޯހަށެވެ. އެއްވެސްސަރުކާރެއް އެކަމުގެޒިންމާއެއް ނަގާފައެއްނެތެވެ. ތަންދީފައިވަނީ ބަޔަކަށް ފައިދާނެގުމާއި، ރައްޔިތުންނަށް ނުރައްކާކަމުގައި ޤަބޫލުކުރަންއެބަޖެހެއެވެ. ދާދާތައްއައިސް، ދެކުނުފަރާތުގ ގާޑިޔާތައްކައިރީގައި، ކުދިބޭންކުހުޅުވައިގެން ތިވިޔަފާރިއޮތީ ފުޅާދާއިރާއެއްގައި ހިންގާފައެވެ. އެދުވަހު އެތަންދުއްސަރުކާރެއް ނެތެވެ. މިއީ ކަންހިނގިގޮތެވެ. މިހާރުގެ ނީލަންނަގާމީހުންގެ، "ކުންފުނި" ސަރަހައްދެކޭ ލޯކަލްމާރުކޭޓެކޭ އެހެންތަނެކޭ ކިޔާނެކަމެއްނެތެވެ. މުޅިރާއްޖޭގައޮތީ އެމީހުނެވެ. ބިރުވެރިކަމެވެ.

ޛސމސކ

ކެމިކަލް ގުދަނުގަ ރޯވެ އެކަކު ވަނީ މަރުވެފަ. އެނުވޭތަ ގެއްލުމަކަށް

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345