ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މެޑްޓެކާ ހަވާލުކުރި 50 ވެންޓިލޭޓަރު ގެނެސްފި

Aug 14, 2020

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ގެންނަން މެޑްޓެކް ކުންފުންޏާ ހަވާލުކުރި 50 ވެންޓިލޭޓަރު ގެނެސްފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެ ކުންފުންޏާ ހަވާލުކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން ބާކީ ނުގެނެވިހުރި 14 ވެންޓިލޭޓަރު ވެސް ރާއްޖެ ގެނެވިފައިވާ ކަމަށެވެ. އެހެންކަމުން އެ ކުންފުންޏާ ހަވާލުކުރި 50 ވެންޓިލޭޓަރުވެސް ގެނެސް ނިމިފައިވާ ކަމަށެވެ.

މެޑްޓެކުން ބުނީ ވެންޓިލޭޓަރުތައް ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ސަރުކާރާ ހަވާލު ކުރާނެ ކަމަށެވެ. މި ހުރިހާ ވެންޓިލޭޓަރު ތަކަކީ ވެސް އެމެރިކާގެ ޖީއީ ހެލްތުކެއާ އާއި ސްވިޒަލޭންޑްގެ އައިއެމްޓީ މެޑިކަލްގެ އުފެއްދުން ތަކެވެ. މި ދެ ކުންފުންޏަކީ އެމެރިކާގެ އެފްޑީއޭ އެޕްރޫވްޑް އަދި މެޑިކަލް އިކުއިޕްމަންޓް އުފެއްދުމުގައި އެންމެ މަޝްހޫރު ދެ ކުންފުންޏެކެވެ.

މެޑިކަލް ގިނަ ސާމާނު ތަކެއް ރާއްޖެ ގެނެސް ވިއްކާ މެޑްޓެކް ކުންފުންޏާ ހަވާލުކޮށްފައިވަނީ 50 އައިސީޔޫ ވެންޓިލޭޓަރު ގެނައުމަށެވެ. އެ ކުންފުނިން ފުރަތަމަ 18 ވެންޓިލޭޓަރު ގެނެސްފައި ވަނީ މެއި މަހުގެ 10 ވަނަ ދުވަހު އެވެ. ދެވަނަ ބެޗު ގެނެސްފައި ވަނީ ޖުލައި މަހުގެ ދެވަނަ ވަނަ ދުވަހު އެވެ.

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ފެށި ތައްޔާރީތަކުގައި އެކި ކުންފުނި ތަކުން 149 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްފައިވެ އެވެ. ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްފައިވަނީ ނާޑު ޕްރައިވެޓް ލިމިޓެޑް 24 ވެންޓިލޭޓަރު އަދި މެޑްޓެކް އަށް 50 ވެންޓިލޭޓަރުގެ އިތުރުން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން މެދުވެރިކޮށް ގެންނަން ހަވާލު ކުރި 75 ވެންޓިލޭޓަރެވެ.