ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޑރ. ނަޒްލާ ރަފީގް

ޑރ. ނަޒްލާ ކަރަންޓީނަށް

ކޮވިޑްގެ މައުލޫމާތު ހިއްސާކުރައްވާ ހެލްތް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ، ކޮވިޑް ބަލި މީހަކާ ޑައިރެކްޓް ކޮންޓެކްޓްވެވިފައިވާތީ ހޯމް ކަރަންޓީނަށް ހުންނެވި ކަމަށް ވިދާޅުވެއްޖެ އެވެ.

ނަޒްލާ ވިދާޅުވީ އޭނާގެ އާއިލާ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ޕޮޒިޓިވްވި އާއިލާ މީހާއާ ޑައިރެކްޓް ކޮންޓެކްޓްވެފައިވާތީ މިވަގުތު ހުންނެވީ ހޯމް ކަރަންޓީންގައި ކަމަށެވެ.

ވިދާޅުވީ ހާލަތު ރަނގަޅު ކަމަށެވެ. އަދި އާންމުންނަށް މައުލޫމާތު ދިނުމަށް ދެން ބައްދަލްކުރާނީ ގޭގައި ހޯމް ކަރަންޓީންގައި ހުންނަވައިގެން ކަމަށެވެ.

އެންއީއޯސީ އުވާލުމަށްފަހު އުފެއްދި އެޗްއީއޯސީގެ ތަރުޖަމާނަކަށް ހަމަޖެއްސެވީ ޑރ. ނަޒްލާއެވެ. އޭގެ ކުރިންވެސް ނޫސްވެރިން މެދުވެރިކޮށް އާންމުންނަށް މައުލޫމާތު ދިނުމުގައި ނަޒްލާ އިސް ދައުރެއް އަދާ ކުރެއްވިއެވެ.