ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 141 މީހަކު ރަނގަޅު ވެއްޖެ

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 141 މީހަކު ރަނގަޅު ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 141 މީހަކު ކޮވިޑް ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. މިއަދު ރަނގަޅުވީ މީހުނާއެކު ރާއްޖެއިން ރަނގަޅުވި މީހުންގެ އަަދަދު ވަނީ 3،349 އަށް އަރާފައެވެ.

އިއްޔެވެސް 198 މީހުން ބަލިން ރަނގަޅުވެފައެވެ.

ގިނަ ބަޔަކު ބަލިން ރަނގަޅުވީ ނަމަވެސް އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު 1310 ސާމްޕަލެއް ޓެސްޓް ކޮށްފައިވާ ކަމަށާ އޭގެ ތެރެއިން 106 ސާމްޕަލެއް ޕޮޒިޓިވްއެވެ. ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 99 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށެވެ. އަނެއް ހަތް މީހުންނަކީ އަތޮޅުތަކުގެ ރަށްރަށުން ބަލި ޖެހުނު މީހުންނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 79 ދިވެހިން ހިމެނެ އެވެ. ދެން ތިބީ ބަންގްލަދޭޝްގެ 21 މީހަކާއި އިންޑިއާގެ ފަސް މީހަކާއި ނޭޕަލް މީހެކެވެ. މިއަދު ޕޮޒިޓިވްވި އެ މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 5,785 އަރާފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅުނުވެ ތިބީ 2414 މީހުންނެވެ. ކޮވިޑްގައި 22 މީހަކު ވަނީ މަރުވެފަ އެވެ.