ވިޔަފާރި

ދިރާގު އިންޓަނެޓުގެ ހިދުމަތަށް ބުރޫ އަރައިފި

Aug 17, 2020
2

މައްސަލަތަކެއް ދިމާވުމުގެ ސަބަބުން ދިރާގުގެ އިންޓަނެޓު ހިދުމަތް މެދުކަނޑި، ދަތިތަކާ ކުރިމަތިވެއްޖެ އެވެ.

ދިރާގުން ބުނި ގޮތުގައި މިއަދު ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ހިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް ދަތިތަކާ ކުރިމަތިވެފައި ވެއެވެ. އެގޮތުން ބްރޯޑްބޭންޑާއި ފިކްސްޑް އިންޓަނެޓުގެ ހިދުމަތް ހޯދުމުގައި ދަތިތަކާ ކުރިމަތިވި އެވެ.

އާއްމު ގޮތެއްގައި ފިކްސްޑް ބްރޯޑް ބޭންޑް އިންޓަނެޓުގެ ހިދުމަތްތަކަށް ބުރޫ އަރަނީ ސަބްމެރިން ކޭބަލްއެއްގައި މައްސަލަ ޖެހިގެނެވެ. ނަމަވެސް މި ފަހަރު މައްސަލަ ދިމާވި ސީދާ ސަބަބެއް އެ ކުންފުނިން ބުނެފައެއް ނުވެ އެވެ.

ދިރާގުން ދަނީ އެ ކުންފުނީގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން މަސައްކަތް ކުރަމުންނެވެ. އެ ކުންފުނިން ދާދިފަހުން ވަނީ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ހެޔޮ ބަދަލެއް، އިތުރު ޑޭޓާ އާއި ސްޕީޑް ވެސް ހަލުއި ކޮށްފަ އެވެ.