ބްރިޓްނީ އާއި ބްރިއާނާ ޑީނޭ އަކީ އައިޑެންޓިކަލް ޓުވިންސް އެވެ. އެންމެ މަޖާ ކަމަކީ މި ދެ މީހުން ކައިވެނި ކުރީ ވެސް ހަމަ މުޅިން އެއްވައްތަރު އެއްމާބަނޑު ދެބެންނާ އެވެ. އެ މީހުން އިސްޓަގްރާމްގައި ދަނީ އެ މީހުންގެ ހަޔާތުގައި ދިމާވާ މުހިއްމު ހުރިހާ ހާދިސާތަކެއް ހިއްސާ ކުރަމުންނެވެ.
އެގޮތުން ދާދިފަހުން އެ މީހުން ޝެއާ ކުރި ފޮޓޯތަކާއި ވީޑިއޯއަކުން އެނގުނު ގޮތުގައި މިހާރު ބްރިޓްނީ އާއި ބްރިއާނާ އިނީ ބަލިވެ އެވެ. އޮގަސްޓް 14 ވަނަ ދުވަހު އެ މީހުން ޝެއާ ކުރި ޕޯސްޓްގައި "ބޭވޮޗް" ފިލްމު ޕޯސްޓަރުގައި އެ ފިލްމުގެ އެކްޓަރުން ތިބޭ ގޮތަށް އެތުރިގެން ތިބެ ނަގާފައިވާ ފޮޓޯއެއް ލާފައި ވެއެވެ. އެ ފޮޓޯއާއެކު އެމީހުން އަލަތު ދަރިފުޅަށް ބަލިވެ އިން ވާހަކަ ވެސް ހިއްސާ ކޮށްފައި ވެއެވެ. އިއްތިފާގުން މި ދެބެން ވެސް ބަލިވެ އިނދެފައިވަނީ ދާދި އެކުއެކުގަ އެވެ.
"އަހަރެމެންގެ ދަރިން ވާނީ ހަމައެކަނި ކަޒިންސް (ދެބެންގެ ދެދަރި ދެބެން) އަކަށް ނޫން. ޖެނެޓިކް ގޮތުން ބަލާއިރު އެ ކުދިންގެ ގައިގައި އެއްބަނޑު އެއްބަފާ ކުދިންގެ ހުންނަ ވަރަށް ޖީންތައް ހުންނާނެ،" މި ޕޯސްޓުގައި ބުނެފައި ވެއެވެ.
މި މީހުން ވާހަކަ ޝެއާ ކުރުމުން އެމީހުންނަށް ހެޔޮއެދުންތައް ފޮނުވާ ވަރަށް ގިނަ މީހުން ކޮމެންޓު ކޮށްފައި ވެއެވެ.
"މިއީ ހަމަ ހަގީގަތުގައި ވެސް މިރަކްލް އެއް ފަދަ ކަމެއް. ވަރަށް ބޮޑަށް މަރުހަބާ،" ކޮމެންޓު ކުރި އެކަކު ބުނެފައި ވެއެވެ.
އެހެން މީހަކު ކުރީ ސުވާލެކެވެ. އެމީހުން ފަދައިން އެމީހުންގެ ދަރިންނަކީ ވެސް އެއްވައްތަރު އެއްމާބަނޑު ދެބެންނަށް ވުމުގެ ފުރުސަތު އޮތީ ކިހާ ވަރަކަށްތޯ އެވެ؟ މި ސުވާލުގެ ޖަވާބު އަދި ލިބިފައެއް ނެތެވެ.