މިހާރު ދުނިޔޭގެ ކަންކަމަށް އަންނަ ބަދަލުތަކުގެ ތެރެއިން އެއް ބަދަލަކީ ދޫނި ހާލި ހަދައިފި ނަމަ އެއީ އެ މީހާގެ ގެޔަށް ވިޔަސް ނުވަތަ އޭނާގެ އަމިއްލަ އެއްޗެއްގައި ހާލި ހެދިޔަސް އެހިސާބުން އެ ހާއްޔަށް ގެއްލުމެއް ލިބޭ ފަދަ އެއްވެސް ކަމެއް ނުކުރުމެވެ.
ޑުބާއީގެ ވަލީ އަހުދު ޝައިޚް ހަމްދާން ބިން މުހައްމަދު ރާޝިދު އަލް މަހްތޫމަށް ގިނަ ބަޔަކު މިހާރު ތައުރީފު ކުރަމުން ދަނީ މިފަދަ ސަބަބަކާ ހުރެ އެވެ.
ވަލީ އަހުދުގެ ކާރުގައި ދޫނިތަކެއް ހާލި ހަދައި ބިސް އަޅާފައިވާ ތަން ފެނިވަޑައގެން އެ ހާއްޔަށް ގެއްލުންދީ ދޫނިތައް ފައްސާ ނުލާން ވެގެން ވަލީ އަހުދު ވަނީ އެ ކާރު ބޭނުން ނުކުރަން ނިންމަވާފަ އެވެ. އަދި ކާރުގެ ވަށައިގެން ރަތް ޓޭޕް ދަމާ އެހެން މީހަކު ވެސް އެޔަށް ގެއްލުމެއް ނުދޭނެކަން ވަލީ އަހުދު ވަނީ ޔަގީން ކުރައްވާފަ އެވެ.
ވަލީ އަހުދުގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން ޝެއާ ކުރެއްވި މެސެޖެއްގައި ހައްމާދު ވަނީ ދޫނި ހާލި ހަދައި ބިސް އެޅުމުގެ ތަފާތު މަރުހަލާތަކުގައި ކަންތައްތައް ވީ ގޮތް ވީޑިއޯ ކުރައްވައި މީހުންނާ ހިއްސާ ކުރައްވާފަ އެވެ. ވީޑިއޯ ނިމޭ ހިސާބުގައި މަންމަ ދޫނި އެ ސޮރުގެ ކުދި ދޫނިތަކަށް ކާން ދޭ މަންޒަރު ވެސް ފެނެ އެވެ.
"ބައެއް ފަހަރަށް ހަޔާތުގައި ދިމާވާ މި ކަހަލަ ކުޑަ ކަމެއް ވެސް ފުދެ އެވެ." ހަމްމާދު އިންސްޓަގްރާމްގައި ލިޔުއްވާފައި ވެއެވެ.
މި ވީޑީއޯ ބެލި ގިނަ ބަޔަކު ޝައިހު ހައްމާދުގެ ރަނގަޅުކަމުން ވަރަށް ތައުރީފުކޮށްފައި ވެއެވެ.