ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 139 މީހަކު ރަނގަޅު ވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 139 މީހަކު ކޮވިޑް ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. މިއަދު ރަނގަޅުވީ މީހުނާއެކު ރާއްޖެއިން ރަނގަޅުވި މީހުންގެ އަަދަދު ވަނީ 3485 އަށް އަރާފައެވެ.
އިއްޔެވެސް 141 މީހުން ބަލިން ރަނގަޅުވެފައެވެ. އަދި އޭގެ ކުރީ ދުވަހު 198 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ.
ގިނަ ބަޔަކު މިއަދު ބަލިން ރަނގަޅުވީނަމަވެސް ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެފައިވެއެވެ. މިއަދުގެ އިރުއޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރުތެރޭ 124 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 118 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށެވެ. އަނެއް ހަ މީހުންނަކީ އަތޮޅުތަކުގެ ރަށްރަށުން ބަލި ޖެހުނު މީހުންނެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 100 ދިވެހިން ހިމެނެ އެވެ. ދެން ތިބީ ބަންގްލަދޭޝްގެ 16 މީހަކާއި އިންޑިއާގެ ތިން މީހަކާއި ނޭޕަލް ދެ މީހެކެވެ. އަދި ފިލިޕީންސް، އޮސްޓްރޭލިއާ އަދި ޔޫކްރޭން މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިއަދު ޕޮޒިޓިވްވި އެ މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 5909 އަރާފަ އެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅުނުވެ ތިބީ 2414 މީހުންނެވެ. ކޮވިޑްގައި 23 މީހަކު ވަނީ މަރުވެފަ އެވެ. އެންމެ ފަހުން މީހަކު މަރުވީ މިއަދުއެވެ. މިއަދު ހަވީރު 5:36 އެހާކަންހާއިރު މަރުވެފައިވަނީ އުމުރުން 64 އަންހެނެކެވެ.