ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ތޭރަ ރިސޯޓެއްގައި 21 ކޭހެއް

މިވަގުތު 13 ރިސޯޓަކުން 8 ފަތުރުވެރިންނާއި 13 މުވައްޒިފުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ 8 ފަތުރުވެރިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ރިސޯޓްތަކުގައި މަސައްކަތް ކުރަމުންދާ 13 މުވައްޒިފަކުވެސް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ނަމަވެސް އެއީ ކޮންކޮން ރިސޯޓްތަކަކުން ކަމެއް އެޗްޕީއޭއިން ނުބުނެއެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ޖުލައި މަހުގެ 26 ވަނަ ދުވަހު ރާއްޖެ އައި ފަތުރުވެރިއެކެވެ. އޭގެ ފަހުން މިމަހުގެ ހަތަރުވަނަ ދުވަހު ރާއްޖެއިން ފުރަން ވެގެން ޓެސްޓްކުރި ފަތުރުވެރިއަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިވަގުތު މާލެ ސިޓީގެ އިތުރުން 19 ރަށެއްގައިވެސް ކޮވިޑްގެ ބަލި މީހުން އެބަތިއްބެވެ.

ހޯމް ކަރަންޓީނަށް ރަށްރަށަށްދާ މީހުން ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ޓެސްޓް ކުރެއެވެ. އެގޮތަށް ކުރެވުނު ޓެސްޓުތަކުން ގިނަ ބަޔަކު ވަނީ ޕޮޒިޓިވްވެފައެވެ.

މީގެ އިތުުރުން އުތުރުގެ ރަށްރަށައް ދަތުރުކުރާ ބައެއް ބޯޓް ފަހަރުގައި މަސައްކަތް ކުރާ ބައެއް މީހުންވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.