ވިޔަފާރި

އެއާ އިންޑިއާގެ ޝެޑިއުލް ދަތުރުތައް ހުކުރު ދުވަހު ފަށަނީ

Aug 19, 2020

އިންޑިއާގެ ގައުމީ އެއާލައިން "އެއާ އިންޑިއާ" ގެ ޝެޑިއުލް ދަތުރުތައް ހުކުރު ދުވަހު ރާއްޖެއަށް ފަށަން ތައްޔާރު ވެއްޖެ އެވެ.

އެއާ އިންޑިއާގެ ރާއްޖޭގެ ޕެސެންޖާ ސޭލްސް އެޖެންޓް ވިލާ ޓްރެވަލްސް އިން ބުނި ގޮތުގައި އެއާ އިންޑިއާގެ ޝެޑިއުލް ފްލައިޓްތައް ރާއްޖެއަށް ފެށުމާއެކު، ހަފުތާއަކު ދެ ފްލައިޓް މާލެ އިން ޓްރިވެންޑަމްއަށް އޮންނާނެ އެވެ. މީގެ އިތުރުން އިންޑިއާގެ ވެރިރަށް ނިއުދިއްލީ އަށް ވެސް އުދުހޭނެ އެވެ.

މި އެއާލައިނުން ރާއްޖެއަށް އުދުހޭނީ، ކޮންމެ ހަފުތާއެއްގެ އަންގާރަ ދުވަހުވަހާއި ހުކުރު ދުވަހު އެވެ.

އިންޑިއާއިން ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ހާއްސަ އިންތިޒާމެއް ގާއިމް ކުރުމަށް ނިންމާފަ އެވެ.

އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ. އެ ގައުމުން މިދިޔަ އަހަރު 80،000 މީހުން އައިސްފައިވެ އެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލި މިހާރު އެންމެ ގަދައަށް ފެތުރޭ އެއް ގައުމަކީ އިންޑިއާ އެވެ.